Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާލޭ ޑެޕިޔުޓީ މޭޔަރަކަށް ނަރީޝް އިންތިޚާބުވެއްޖެ

މާލޭ ޑެޕިޔުޓީ މޭޔަރަކަށް ނަރީޝް އިންތިޚާބުވެއްޖެ

މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރަކަށް މާފަންނު މެދުދާއިރާގެ މެމްބަރު ޕީޕީއެމްގެ އަޙުމަދު ނަރީޝް އިންތިޚާބު ވެއްޖެއެވެ.

ނަރީޝް އިންތިޚާބުވީ ޑެޕިޔުޓީ މޭޔަރެއް ހޮވުމަށް ދެންމެ ބޭއްވި އިންތިޚާބުގައި ކައުންސިލްގެ 19 މެމްބަރުންގެ ތެރެއިން  12 މެމްބަރުންގެ ވޯޓް ހޯއްދަވައިގެންނެވެ. ނަރީޝްއާ ވާދަ ކުރެއްވި އެމްޑީޕީގެ މައްޗަށްގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރަށް ލިބިވަޑައިގަތީ 7 ވޯޓެވެ.

މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑި ތަމްސީލް ކުރަނީ އިދިކޮޅު ޕީޕީއެމްއިންނެވެ.

Advertisement
Allied Insurance — Square (box)

[caption id="attachment_98060" align="alignnone" width="460"]<img class="wp-image-98060 " src="https://cdn.dhen.mv/wp-content/uploads/2021/06/D021004A-81B0-420A-834C-50D786438A59-300x225.jpeg" alt="" width="460" height="345" /> ޕްރައިމަރީގައި ވާދަ ކުރެއްވި ތިން މެމްބަރުން[/caption]

ނަރީޝް ޑެޕިޔުޓީ މޭޔަރަކަށް ކުރިމަތި ލެއްވީ އިއްޔެ އޮތް އެ ޕާޓީގެ ޕްރައިމަރީގައި ކާމިޔާބު ހޯއްދަވައިގެންނެވެ. ޕްރައިމަރީގައި ނަރީޝްއާ ވާދަ ކުރެއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް