ހިޔާ ފްލެޓުތަކުގެ ގުރުއަތު ނެގުން މާދަމައަށް ފަސްކޮށްފި!

މިއަދު ބާއްވަން ނިންމައިފައިވާ ހިޔާ ފްލެޓުގެ ގުރުއަތު ނެގުން މާދަމައަށް ފަސް ކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތު ނެގުން މާދަމާއަށް ފަސްކުރަން ޖެހުނީ ދިމާވި ކުޑަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މާދަމާގެ ގުރުއަތު ނެގުން ކުރިއަށް ދާނީ ލައިވްކޮށް ކަމުގައި ވެސް އެޗްޑީސީން ވިދާޅުވިއެވެ. މާދަމާގެ ގުރުއަތު ނެގުން ހަމަޖެހިފައިވާ ކެޓެގެރީތަކުގެ ތެރޭގައި:- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް
- ސިވިލް ސާވިސް ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ
- 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ
- މާލޭ ރަށްވެހިންނަށް ޚާއްސަ
- މާލޭ ދަފްތަރު ކެޓެގަރީ
- ފުކުހުންގެ ކެޓަގަރީ






ކޮމެންޓް