ރާއްޖޭގައި ކޮކާކޯލާ ފުޅިއެއްގެ ތެރެއިން އިންސާނެއްގެ ދަތެއް ފެނިއްޖެ!

ކޮކާކޯލާ ފުޅިއެއްގެ ތެރެއިން އިންސާނެއްގެ ދަތެއް ފެނިއްޖެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު އަހުމަދު ތޮލާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އިންސާނެއްގެ ދަތް މިއަދު ފެނުނު މި ކޯކު ފުޅިއަކީ މާލެ އެއާރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑުން އުފައްދައިފައިވާ ކޯކު ފުޅިއެއް ކަމަށެވެ.
މީގެ އިތުރުން މި ފުޅިއަކީ ވީބީ މާޓުން އޭނާ ގަތް ކޯކު ފުޅިއެއް ކަމަށާއި، މި ފުޅި ގަތީ އޭނާއަށްކަމުން އެ ދަތް ކޯކުފުޅި ތެރެއިން ފެނުނީ ވެސް އޭނާއަށް ކަމަށް ޓުވީޓުގައި ބުނެފައިވެއެވެ.
https://twitter.com/Tholman_79/status/1406892294255480843
އެ ކޯކުފުޅި ތެރެއިން ދަތް ފެނުނީ ބިއްލޫރު ތަށްޓަކަށް އަޅައިގެން ބޯން އުޅުމުގެ ތެރޭގައި ކަމަށް ތޮލާލް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި މި ފޮޓޯ އާންމުވަމުން އަންނައިރު ކޮކާކޯލާ ކުންފުންޏާ ބެހޭގޮތުން އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި މިކަމާ ގުޅިގެން އެ ކުންފުނިން އެއްވެސް ބަހެއް ހާމަކޮށްފައެއް ނުވެއެވެ.






ކޮމެންޓް