Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަރައިލައިފައި އޮއްވާ ފެނުނު ކުއްޖާގެ ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިލަނީ

މަރައިލައިފައި އޮއްވާ ފެނުނު ކުއްޖާގެ  ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިލަނީ

ރަހީނު ކުރުމަށް ފަހު މަރައިލައިފައިވާ ކުއްޖާ މަރުވި ގޮތް ބެލުމަށް އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓު މޯޓަމް ހަދަން ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފިއެވެ.

”ދެން”އަށް މަޢުލޫމާތުދެމުން ކުއްޖާގެ އާއިލާ މީހަކު ބުނީ ކުއްޖާގެ ޕޯސްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވަން ނިންމައިފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ހަށިގަނޑު އިންޑިއާއަށް ގެންދަން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ ދެ ދުވަސް ކުރިން (20 ޖޫން 2021) ގައި ކުއްޖަކު ރަހީނު ކުރި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިގެން މައްސަލަ ބަލަމުން ދަނިކޮށް ރޭ 02:38 ގައި އެކުއްޖާ މަރައިލައިފައި އޮއްވާ ފެނިފައި ވަނީ ހުޅުމާލޭ ފޭސް 2 ސަރަހައްދުން މޫދުންނެވެ. އަދި މިކުއްޖާގެ ހަށިގަނޑު އޮތީ ފޮއްޓަކަށް ލައިފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

Advertisement
Ooredoo — Truecaller (box)

މިހާރު އެ ކުއްޖާގެ ހަށިގަނޑު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެކުއްޖާ ފެނުނުއިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ވަނީ ރޭ ވަނީ ހައްޔަރުކޮށްފައެވެ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް