މިނިސްޓަރ ނަސީމްއާ ސުވާލު ކުރުން މާދަމާއަށް އެޖެންޑާކޮށްފި
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރ އަޙުމަދު ހައިތަމް، ހެލްތު މިނިސްޓަރ އަހުމަދު ނަސީމްއާ ލިޔުމުން ކުރެއްވުމަށް ހުށައަޅައިފައިވާ ސުވާލުކުރެއްވުން، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ކޮވިޑް 19ގެ މިހާލަތުގައި މަޖިލީހުން މިނިސްޓަރުންނާ ސުވާލު ކުރައްވަނީ ލިޔުމުން ޖަވާބު ހޯއްދެވުމަށެވެ. އަދި މިނިސްޓަަރުން ލިޔުމުން ދެއްވާ ޖަވާބު މަޖިލިސް ޖަލްސާގައި އިއްވާނެއެވެ.
މެމްބަރު ހައިތަމް މިނިސްޓަރ ނަސީމްއާ ސުވާލުކުރެއްވީ ހަލުވިކަމާ އެކު ރާއްޖޭގައި ކޮވިޑް19 ފެތުރެމުން ދާއިރު، ބައްޔަށް ފަރުވާ ދެވޭނެ ކިތައް ޕްރޮފެޝަނަލުން ތިބިތޯއާއި ކޮވިޑް ބަލިމީހުންނަށް ހުރި އެނދުގެ ތަފްސީލަކީ ކޮބައިތޯ ސާފުކޮށްދެވުން އެދިއެވެ.
"މިވަގުތު ކޮވިޑް-19ގެ ބަލި ތަހައްމަލު ކުރަމުންދާ 19،669ށްވުރެ ގިނަ މީހުން ތިބި އިރު މަސް ދުވަހުގެ ތެރޭގައި 50ށް ވުރެ ގިނަ މީހުން މިބަލީގައި ނިޔާވެ، 230 މީހުން ވަނީ އެނދުމަތި ކުރެވިފައެވެ.
ކޮޮވިޑް19 މިހާ ހަލުވިކޮށް ފެތުރެމުންދާތީ މިބައްޔަށް ފަރުވާ ދެވޭނެ ކިތައް ހެލްތު ޕްރޮފެޝަނަލުން އެބަތިބިތޯ؟ ކޮވިޑް ބަލިމީހުންނަށް ހުރި އެނދުތަކުގެ ތަފްސީލަކީ ކޮބައިތޯ؟ އަދި ކޮވިޑާ ގުޅުހުން ހުރި އާލާތްތަކުގެ (އޮކްސިޖަން ވެންޓިލޭޓަރ އަދި ކޮވިޑާ ގުޅުން ހުރި ބޭހުގެ ބާވަތްތައް) ތަފްސީލަކީ ކޮބައިތޯ؟" މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރ އަޙުމަދު ހައިތަމްގެ ސުވާލުގައި ވެއެވެ.
މިދިޔަ މެއި މަހަކީ ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި މަހެވެ. އެގޮތުން އެމަހު އެކަނި ވެސް 50އަށް ވުރެ ގިނަ މީހުން އެ ބަލީގައި ނިޔާވެފައިވެއެވެ.
ކެރަފާނަސީމުކަހަލަދެބްގެރިދުއްވާފަނިކަމެތިމީހާބޮލައްޖަހާފަދާނެ!އިބޫއްކޭ މިއްކޭ=
ކޮބާތޯ ކުޑަކުޑަ ފުރާނައިގެ (މިޝްޤާ) ރިޕޯޓު؟ މިނިސްޓްރީގެ އިހުމާލަށް ޒިންމާނަަގަނީކާކު؟ މެންބަރެއްގެ ނުވަތަ އާއިލާ މީހަކަށް އެމްބިއުލާސް ނުފޮނުވި މިކަހަލަ ކަމެއް ދިމާވިނަމަތޯ ސީއަސް މައްސަލައަކަށްވެގެން މަޖިލީހުންވެސް ބަލަންޖެހެނި؟ކޮބާ އިންސާފު؟؟
ތިއީ ފެއިލްވެފަ ހުރި މިނިސްޓަރެއް. މާދަމާވެސް ދައްކާލާނި މޮަޅު ވާހަކައެއް. އަމަލީ ސުމެއް. ސިއްހީ މަރުމުކަޒުތައް ވަރަށްހާލުގައި ހުރީ. އެމްބިއުލާސްވެސް ހަލާކުވެފަ މިގެންނަނީ މިގެންނަނީ ފިޔަވަޅު އަޅަނީ މިއަޅަނީ ކިޔާ ވަޒީރެއް
އެންމެ ޕަރފޯމަންސް ދައް މިނިސްޓި. ނުހިންގޭ ކޮވިޑުވެސް މެނޭޖުނުވި
ވަރަށް ބޮޑަށް ފެއިލުވެއްޖެ ސަރުކާރުން ނުވަތަ މަޖިލީހަށް މީނަ ބަދަލުކުރުން މުހިންމު 2023 ކަމިޔަބުކުރަން
ތިޔައީ ޑުރާމާ.