Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިއަދުގެ ދެވަނަ ކޮވިޑް މަރު: ޖުމްލަ އަދަދު 208އަށް

މިއަދުގެ ދެވަނަ ކޮވިޑް މަރު: ޖުމްލަ އަދަދު 208އަށް

ރާއްޖެއިން ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިރޭ ނިޔާވެއްޖެއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހައިކޯޓުގެ ތަރުޖަމާނު އަމީން ފައިސަލްގެ ގާތްތިމާގެ މީހެކެވެ.

އެކަން ޔަގީން ކޮށްދެއްވަމުން އަމީން ފައިސަލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19އަށް ފަރުވާ ހޯއްދަވަމުން ދިޔަ އޭނާގެ ޅިޔަނު، މިރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ނިޔާވެފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މިއީ ރާއްޖެއިން މި ބައްޔަަށް ފައްސިވީ 208 ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް