Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލުތަކެއް

ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދޭ ގަޑިތަކަށް ބަދަލުތަކެއް

ކެފޭތަކާއި، ރެސްޓޯރެންޓްތައް އަދި ފިހާރަތައް ހުޅުވައި ވިޔަފާރި ކުރެވޭނެ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީއިން ބަދަލުތަކެއް ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، 23 ޖޫން 2021 އިން 30 ޖޫން 2021 ގެނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެނދުނު 8:00 އިން ހަވީރު 6:00 ގެ ނިޔަލަށް ދެވޭނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތްތައް ކަމަށެވެ.

އަދި މި ތަންތަނުން ހެނދުނު 6:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

Advertisement
Allied — Dhen Online (box)

އެ މިނިސްޓްރީން ވިދާޅުވީ ޚިދުމަތްދޭ ތަންތަނުން، ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް ތަނުގައި މުވައްޒަފުން ތިބެން ވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން ކަމަށާއި ޕޮލިސް ޕޯޓަލްއިން ދޫކުރުމަށް ކަނޑައަޅައިފައިވާ ޢަދަދަށް ވުރެ އިތުރަށް ހުއްދަ ބޭނުންވާ ނަަމަ، ހުއްދައަށް އެދި [email protected],mvއަށް އީމެއިލް ކުރެއްވުމަށެވެ.

ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އިކޮނިމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް