ކޮވިޑް-19ގެ އަސަރުކޮށްފައިވާ ވިޔަފާރިތަކަށް ހާއްސަ ލޯނު ސްކީމްތަކެއް
ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ ވިޔަފާރިތަކަށް ހާއްސަ ދެ ލޯނު ސްކީމެއް ތައާރަފުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި ލޯނު ސްކީމްގެ ދަށުން ކޮވިޑްގެ އަސަރުކޮށްފައިވާ ވިޔަފާރިތަކަށް އެއްވެސް ރަހުނަކާ ނުލާ ލޯނު ލިބޭނެއެވެ. އަދި މި ލޯން ސްކީމްގެ ދަށުން ކޮންމެ ވިޔަފާރިއަކަށް 10 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ނެގުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިއީ އިންޓްރެސްޓް ރޭޓް ވަރަށް ކުޑަ ލޯން ސްކީމެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮވިޑްގެ އަސަރުކޮށްފައިވާ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ދޫކުރާ އެ ލޯނު ދޫކުރުމަށް ނިންމައިފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ކުދި އަދި މެދު ފަންތީގެ ބޭންކް ނުވަތަ އެޗްޑީއެފްސީ މެދުވެރިކޮށެވެ.
ސަރުކާރުން ބުނި ގޮތުގައި ފިނޭންސް މިނިސްޓްރީން އަލަށް ތައާރަފުކުރި އިކޮނޮމިކް ސްޓިމިއުލަސް ލޯނަކީ ހުރިހާ ގޮތަކުން ވެސް ލުއި ލޯނެކެވެ. އެގޮތުން އަލަށް ތައާރަފްކުރި މި ދެ ލޯން ސްކީމްގެ ތެރެއިން ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ލޯނެކެވެ. އަދި ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ޕެކޭޖްތަކުން ގެއްލުން ވަމުންދިޔަ ވިޔަފާރިތަކަށް އައު ދިރުމެއް އަންނާނެކަމަށް ވެސް ސަރުކާރުން ގަބޫލުކުރިއެވެ.