Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

"ވީޑިއޯއިން ފެންނަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނެއްނޫން"

"ވީޑިއޯއިން ފެންނަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނެއްނޫން"

‏މީސްމީޑިއާގައި މިއަދު ދައުރުވަމުންދާ ވީޑިއޯއެއްގައި ހުޅުމާލޭގައި ހުންނަ ފިޔަވަތިގައި ދިރިއުޅޭ ކުދިން ކަމުގައި ފާހަގަކޮށްފައިވީ ނަމަވެސް އެ ވީޑިއޯގައި ފެންނަ ކުދިންނަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ނޫން ކަމަށް ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސަސްއިން ބުނެފިއެވެ.

އެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ފިޔަވަތީގެ ކުދީން ނޫން ނަމަވެސް އެ ވީޑިއޯގެ މައްސަލަ ބައްލަވަމުން ދާ ކަމަށެވެ.

"‏ނަމަވެސް މި ވީޑިއޯއަކީ ކުޑަކުދިންތަކެއް ހިމެނޭ ވީޑިއޯއަކަށް ވުމުން މި މައްސަލަ މި ސަރވިސްއިން ބަލަމުންދާކަން ދަންނަވަމެވެ. އަދި މިފަދަ ވީޑިއޯތައް މީސްމީޑިއާގައި ދައުރުކުރުމުގެ ބަދަލުގައި ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަމެވެ." އެސާވިސަސްއިން ކުރި ޓްވީޓެއްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މައްސަލަތައް އިތުރުވެފައިވާއިރު މިކަންކަން އެދެވޭ ގޮތެއްގައި ބެލެވެމުން ނުދާކަމުގެ ޝަކުވާ އާއްމުންދަނީ ކުރަމުންނެވެ.

މީގެ އިތުރުން <span class="s13"><span class="bumpedFont15">މީގެ ތެރޭގައި ހަރުދަނާ ގޮތެއްގައި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބައިތިއްބާ މަރުކަޒުތައް ހިންގުމުގައި ހުރި މައްސަލަތަކަކާ އެކަށީގެންވާ ގޮތަކަށް ކުދިންގެ ބޭނުންތަކަށް އަޅައިނުލެވުން ފަދަ މައްސަލަތައް ހުރި ކަމަށާއި ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު މި މައްސަލަތައް އިތުރުވެފައިވާކަން ކުޑަކުދިންގެ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ޖަމްއިއްޔާ، އާކްއިން ވެސް ވަނީ ފާހަގަ ކޮށްފައެވެ. އަދި މި ކަންބޮޑުވުންތައް އެތައް ފަހަރެއްގެ މަތިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި މިނިވަން މުއައްސަސާތ</span></span><span class="s13"><span class="bumpedFont15">ަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އާކްއިން ވަނީ ބުނެފައެވެ.</span></span>

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް