ކޮވިޑް-19: ރާއްޖެއިން މިއަދު ފައްސިވީ 172 މީހުން

ރާއްޖެއިން މިއަދު އިތުރު 172 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 66 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 96 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 10 މީހަކު ފައްސި ވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައިވަނީ 72،466 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 67،886 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހުން ނިޔާވެފައި ވެއެވެ.