Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދިއްދުއަށް އަރައި ފޭބުން އަނެއްކާ ވެސް މަނާ ކޮށްފި

ދިއްދުއަށް އަރައި ފޭބުން އަނެއްކާ ވެސް މަނާ ކޮށްފި

ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-1އަށް ފައްސިވުމާ ގުޅިގެން އަނެއްކާ ވެސް ހއ.ދިއްދުއަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

”ދެން”އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލް ރައީސް އަބްދު ﷲ ރަޝީދު ވިދާޅުވީ ރަށް މޮނިޓަރިންއަށް ލެވިފައި ވަނީ ބިދޭސީއެއް ފައްސިވުމާ ގުޅިގެން ކަމަށެވެ. މިކަމާ ގުޅިގެން ފައްސިވި މީހާ ކަރަންޓީނު ކުރެވި، ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

“ރަށުން ފައްސިވީ ބިދޭސީއެއް. އޭނަ މަސައްކަތް ކުރަނީ ބޯ ކޮށާ ތަނެއްގަ. މިހާރު އޭނަ ކަރަންޓީން ކޮށްފަ ވާނީ “ ރަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދިއްދޫ ކައުންސިލަށް މިއަދު ފޮނުވި ލިޔުމުގައި ވިދާޅުވީ މިއަދު ހެނދުނު 11:10 އިން ފެށިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެ ލިޔުމުގައި ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ނިމެންދެން އެރަށް އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް