Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލަކުނުތައް ފިލުވާ އޮޕަރޭޝަން ކުރައްވަން ރައީސް ނަޝީދު ބޭނުންފުޅެއް ނުވި!

ލަކުނުތައް ފިލުވާ އޮޕަރޭޝަން ކުރައްވަން ރައީސް ނަޝީދު ބޭނުންފުޅެއް ނުވި!

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބިލެއްވި އަނިޔާތަކުގެ ލަކުނު ފިލުވާ އޮޕަރޭޝަން ކުރައްވަން، އެމަނިކުފާނު ބޭނުންފުޅު ބޭނުންވެ ވަޑައިނުގެންނެވިކަމަށް ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު ވިދާޅުވެއްޖެއެވެ.

ޑރ. ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހަމަލައިގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތައް ވަރަށް އަވަހަށް ފަސޭހަވަމުން އަންނަ ކަމަށާއި ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ލަކުނުތައް ފިލުވުމުގެ އޮޕަރޭޝަން ކުރައްވަން ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިނުގެންނެވި ކަމަށެވެ. ރައީސް ނަޝީދުގެ ބޭބޭފުޅު ވަނީ އެހެން ވިދާޅުވެ، ރައީސް ނަޝީދުގެ ފޮޓޯއެއް ވެސް ޓުވީޓުގައި ހިމަނުއްވައިފައެވެ.

https://twitter.com/Nashsat/status/1407962138354675716?s=20

Advertisement
Allied Insurance — Square (box)

އެ ފޮޓޯތައް އާންމުކުރީ ރައީސް ނަޝީދުގެ އެދިލެއްވުމުގެ މަތިން ކަމަށް ވެސް ޑރ. ނަޝީދު ވިދާޅުވިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އެ މަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ. ޖަރުމަނުގައި ރައީސް ނަޝީދުގެ ފުރަތަމަ ސަރޖަރީ ކުރެއްވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެއަށް ފަހު މި މަހުގެ 17 ވަނަ ދުވަހު ދެވަނަ ސަރޖަރީއެއް ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް