Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ލިބިފައި ހުރި އަނިޔާތައް ވަރަށް ގިނަ: ނަޝީދު

ލިބިފައި ހުރި އަނިޔާތައް ވަރަށް ގިނަ: ނަޝީދު

ނިމިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ކެނެރީގެ ކައިރިން ގޮއްވައިލި ބޮމުގެ ހަމަލާގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ގިނަ އަނިޔާ ލިބުނު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނަށް ލިބިފައި ހުރި އަނިޔާތައް ވަރަށް ބައިވަރު ކަމަށާއި، އެ އަނިޔާތަކުން އަރައިގަތުމަށް މާތްاللهގެ ރަހުމަތްފުޅާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އުއްމީދަކީ ވީހާ ވެސް އަވަހަށް ހެޔޮ ހާލުގައި އެނބުރި ރާއްޖެ ވަޑައިގަތުން ކަމަށް ވެސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

https://twitter.com/mohamednasheed/status/1407990782938673153?s=21

Advertisement
Ooredoo — Square (box)

ޖަރުމަނު ވިލާތުގައި ހުންނެވި ނަޝީދު އަދިވެސް ގެންދަވަނީ ބޮމުގެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދަވަމުންނެވެ. އަދި އެތައް ސާޖަރީތަކެއް އެމަނިކުފާނު ވަނީ ކުރައްވަވައިފައެވެ.

ރައީސް ނަޝީދަށް އޭޑީކޭއިން ފަރުވާ ކުރެއްވި ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، ގޮއްވައިލި ބޮމުގެ ސަބަބުން އެމަނިކުފާނުގެ ހަށިކޮޅަށް ވަނީ ގިނަ އަދަދެއްގެ ދަގަނޑުކޮޅުތަކެއް ވަދެފައެވެ. އަދި ފުއްޕާ މެޔާ ކައިރިން ދަގަނޑުކޮޅެއް ވަދެފައިވާއިރު، އެމަނިކުފާނު ގޮހޮރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި ހަމަލާއާ ގުޅިގެން ޖުމުލަ ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް