ލައިފްސްޓައިލް

ހިކެން ބޭނުންވާނަމަ ކާންވީ މި ތަކެތި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބަރުދަން ލުއި ކުރަން ބޭނުންވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ހިކެން ބޭނުންވި ނަމަވެސް ގިނަ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފަލަވާ ޒާތުގެ މީރު އެއްޗެހި ކާހިތްވުމެވެ. އެހެން ނަމަވެސް މީރު ކޮންމެ އެއްޗަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ނޫނެވެ.

Ads by Hajj Corporation

އާފަލު

އާފަލަކީ މީރު، އެހާމެ ފައިދާ ހުރި މޭވާއެކެވެ. މިއީ ބަރުދަން އެއްވަރެއްގައި ހިފަހައްޓަން އެހީ ވެސް ވެދޭ މޭވާއެކެވެ. ހާއްސަކޮށް ފެހި އާފަލަކީ ބަރުދަން ލުއި ކުރުމަށް ބޮޑު އެހީއެކެެވެ. ކަސްރަތު ކުރުމަށް ފަހުގައި ބަނޑުހައި ވުމުން އާފަލެއް ކައިލާށެވެ.

ގްރީން ޓީ

ގްރީން ޓީއަކީ ކެލަރީތައް އަންދަން އެހީވާ މާއްދާތައް އެކުލެވޭ ބުއިމެކެވެ. ހިކެން ބޭނުންވާ ނަމަ ކޮންމެ ދުވަހަކު ވެސް ގްރީން ޓީ ބުއިމަށް ތަޖުރިބާކާރުން ލަފާދެއެެވެ. ފުރަތަމަ ދުވަސްކޮޅު ނުބައި ވިޔަސް ފަހުން މީރު ވާނެއެވެ.

އާމަންޑްސް (ބަދަން)

އާމަންޑްސްގައި ޕްރޮޓީން އަދި ފައިބަރ ހިމެނެއެވެ. މިއީ ހިކެން އެހީވާ ވަރަށް މުހިންމު ދެ މާއްދާއެވެ. ހަށިގަނޑު ބަރުހެލި ކުރުވާ ފަދަ ކާއެއްޗެހީގެ ބަދަލުގައި އާމަންޑްސްކޮޅެއް ކާލުމުން، ހިކެން އެހީތެރިވެދެއެވެ. އަދި ސިކުނޑީގެ ވިސްނުން ވެސް ވަރުގަދަ ކޮށްދޭނެއެވެ.

ބިސް

ކުކުޅު ބިހުގެ ހުދު ބަޔަކީ ފަލަވެދާނެތީ ބިރުގަންނަ މީހުންގެ އިތުރުން ހިކެން ބޭނުންވާ މީހުން ކެއުމަށް ވެސް ވަރަަށް ރަނގަޅު އެއްޗެއް ކަމަށް ސިއްހީ މާހިރުން ބުނެއެެވެ. ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާއަށް ބިސް ކާން އާދަ ކުރާށެވެ. ގިނަ ވެގެން ދުވާލަކު 5 ބިސް ކެއުން ރަނގަޅެވެ.

  1. ޢަލީ

    އާމަންްޑުސް އަކީި ބަދަނެއްނޫން
    ޕީނަޓްސްް އަކީ ބަދަން.،