ހިތަދޫ ފިޔަވައި އައްޑޫ އެހެން ހިސާބުތަކުގައި ކާފިއު އުވައިލައިފި

އައްޑޫ ހިތަދޫ ފިޔަވައި އައްޑޫގެ އެހެން ރަށްތަކުގައި މިއަދުން ފެށިގެން ކާފިއު އުވައިލައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އައްޑޫގައި ކޮވިޑްގެ ވޭދަނަތައް މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން އިތުރުވުމާ ގުޅިގެން، އެ ހިސާބުން ފެށިގެން އެ ސިޓީ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސް ހަވީރު 4:00އިން ފެށިގެން ފަތިހު 4:00 ޖެހުމާ ދެމެދު ކާފިއު ހިންގަން ފަށައިފައެވެ.އެހެން ނަމަވެސް ހިތަދޫގައި ކޮވިޑް ވޭދަނަތައް އިތުރުވަމުން ދިއުމާ ގުޅިގެން މިމަހު 17 ވަނަ ދުވަހުން ފެށިގެން އެރަށުގެ ކާފިއު ވަގުތު ވަނީ ހެނދުނު 8:00 އިން ފެށިގެން 4:00 އަށް ދިގު ކޮށްފައެވެ.
ހިތަދޫ ފިޔަވައި އައްޑޫގެ އެހެން ރަށްތަކުގެ ކާފިއު އުވައިލި ނަމަވެސް މި މަހު 1އިން ފެށިގެން މުޅި އައްޑު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި ގިނަ ފިޔަވަޅުތަކެއް އަޅައިފައިވާއިރު، އޭގެ ތެރޭގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑައިލުމާި އެއް އަވަށުން އަނެއް އަވަހަށް ހުއްދަ ހޯދައިގެން ނޫނީ ދަތުރު ނުކުރުމުގެ އިތުރުން ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ.