މާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހަދަނީ!

މާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމް ކުރުމަށް ޗައިނާ ކުންފުންޏަކާ ސަރުކާރުން ހަވާލު ކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑް (ސީއެސްސީއީސީ) އާއެވެ. ސްޓޭޝަން ޑިޒައިން ކުރުމާއި ގާއިމް ކުރުމުގެ އިތުރުން ބޭނުންވާ ސާމާނު ސަޕްލަައި ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ހަވާލު ކުރުމުގެ ކޮންޓްރެކުޓުގައި އިއްޔެ ވަނީ ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ އެންވަޔަރްމަންޓް މިނިސްޓަރު އައިޝަތު ޝައުނާއެވެ.
މި މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަފ ޝައުނާ ވިދާޅުވީ، މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސަފާ ސްޓޭޝަނެއް ގާއިމު ކުރުމާއެކު މާލެ އަދި ވިލިމާލޭން ތިލަފުއްޓަށް ކުނި އުފުލުމުގެ ކުރިން ކޮއިންޓެއިނާތަކުގައި ބަހައްޓާނެ ކަމަށާއި އޭގެ ސަބަބުން މޫދަށާއި ކަނޑަށް ކުނި އެޅޭ މައްސަލަ ހައްލުވާނެ ކަމަށެވެ. އަދި ކޮންޓެއިނަރުތައް ތިލަފުށްޓަށް ގެންދާއިރު ނުބައި ވަސް ދުވާ މައްސަލައަށް ވެސް ދާއިމީ ހައްލެއް ލިބޭނެ ކަމުގައި މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.