ރާއްޖެއިން ކޮވިޑް-19އަށް މިއަދު ފައްސިވީ 266 މީހުން

ރާއްޖެއިން މިއަދު އިތުރު 266 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ.
ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 41 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 105 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 8 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްރަށުން 112 ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 72،044 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 68،429 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 208 މީހުން ނިޔާވެފައި ވެއެވެ.

Ads by Allied Insurance