Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޝާހްރުކްއާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ތަރިން!

ޝާހްރުކްއާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ތަރިން!
ބޮލީވުޑްގެ "ކިންގް އޮފް ރޮމޭންސް"ގެ ލަގަބު ދީފައިވާ ޝާހްރުކް ޚާނާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ އަންހެން އެކްޓަރުން ތިބެދާނެކަމަށް ގަބޫލު ކުރަން ހެއްޔެވެ؟ އާނއެކެވެ. އެބަތިއްބެއެވެ. ކާމިޔާބު 80އަށް ވުރެ ގިނަ ފިލްމް ކުޅެ 14 ފިލްމު ފެއަރ އެވޯޑް ހޯދައިފައިވާ ސުޕަރސްޓާއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ގިނަ އެކްޓަރުންގެ އުއްމީދެކެވެ. އެހެން ނަމަވެސް އޭނާއާ އެކު މަސައްކަތް ކުރަން ބޭނުންނުވާ އެކްޓަރުން ވެސް އެބަތިއްބެވެ.

1. ކަންގަނާ ރަނާވަތު

[caption id="attachment_99514" align="alignnone" width="1024"] ކަންގަނާ ރަނައުޓު[/caption] ރާކީ ސާވަންތުއަށް ފަހު ބޮލީވުޑްގައި އެންމެ މައްސަލަ ބޮޑު އެއް ފަންނާނަކީ ކަންގަނާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކަންގަނާ ބުނާ ގޮތުން އޭނާއަކީ ޝާހްރުކް ހާންގެ ވަރަށް ބޮޑު ފޭނެކެވެ. އެހެން ނަމަވެސް ހިތާމައަކީ އޭނާއެކު ފިލްމަކުން ނުފެނުންކަމަށް ކަންގަނާ ވަނީ ބުނެފައެވެ. ސަބަބެއް ހާމައެއް ނުކުރެއެވެ.

2. ސޯނަމް ކަޕޫރު

[caption id="attachment_99517" align="alignnone" width="620"] ސޯނަމް ކަޕޫރު[/caption] ކާމިޔާބު ބަތަލު އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމް ކަޕޫރު ފިލްމީ ދާއިރާއަށް ނުކުތީ 2007 ވަނަ އަހަރު ފިލްމް ސާވަރިޔާއިންނެވެ. އެހެން ނަމަވެސް އޭނާގެ 14 އަހަރުގެ ކެރިއަރގައި އަދި މިހާތަނަށް ޝާހްރުކް ޚާނާ އެކު މަސައްކަތް ކޮށްފައެއް ނުވެއެވެ. ސޯނަމް ބުނާ ގޮތުގައި ސޯނަމްއާ ބަލައިފައި ޝާހްރުކް އުމުރުން ދޮށި ކަމުން އެމީހުންގެ ކެމިސްޓްރީ ދިމާވާނެކަމަށް ގަބޫލުނުކުރެވޭތީ އެކުގައި މަސައްކަތް ކުރަން ބޭނުން ނުވަނީ ކަމަށެވެ. އެހެން ނަމަވެސް ސޯނަމް ވަނީ ސަލްމާން ޚާނާ އެކު ކާމިޔާބު ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ" އިން ފެނިގެންގޮސްފައެވެ. އުމުރުގެ ގޮތުން ބަލާއިރު ޝާހްރުކް އާއި ސަލްމާންއަކީ އެއް އުމުރެއްގެ ދެމީހުން ކަން ފާހަގަކޮށްލެވެއެވެ.

3. އަމީޝާ ޕަޓޭލް

[caption id="attachment_99518" align="alignnone" width="1024"] އަމީޝާ ޕަޓޭލް[/caption] އަމީޝާގެ 20 އަަހަރުގެ ދިގު ކެރިއަރުގައި ޝާހްރުކް އާއެކު އެއްވެސް ފިލްމެއްގައި މަސައްކަތް ކޮށްފައެއް ނުވެއެވެ. އޭނަގަބޫލު ކުރާގޮތުގައި އޭނާއާއި ޝާހުގެ ޖޯޑު ބެލުންތެރިންނަކަށް ކަމަކުނުދާނެއެވެ.

4. ހެމާ މާލިނީ

[caption id="attachment_99522" align="alignnone" width="1024"] ހެމާ މާލިނީ[/caption] ޝާހްރުކް ހާންގެ ފިލްމް "ދިން އާޝްނާ ހޭ"ގެ ޑައިރެކްޓަރ އަކީ ހެމާ މާލިނީއެވެ. މިފިލްމަށް ފަހު ހެމާ ބުނިގޮތުގައި ޝާހްރުކްގެ އެކްޓިން އޭނާއަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ. ޝާހްރުކްއަށް އެނގެނީ އޯވަރ އެކްޓް ކުރަންކަމަށް ބުނެ އޭގެ ފަހުން ހެމާ ޝާހްރުކްއާ އެކު މަސައްކަތްކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް