Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް-19 ދިފާޢު: ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 186،571އަށް

ކޮވިޑް-19 ދިފާޢު: ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 186،571އަށް

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން އިތުރު 900 މީހުން ފުރިހަމަ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 186،571އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 315،975އަށް އަރައިފައެވެ.

އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 52 މީހަކު ޖަހައިފައިވާއިރު މާލެ ސަރަހައްދުން 101 މީހަކު ވެކްސިން ޖަހައިފައިވެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުން 538 މީހުންނާއި، މާލެ ސަރަހައްދުން 362 މީހުން ފުރިހަމަކޮށްފައި ވެއެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް