Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއަކީ "ޑްރާމާ"އެކޭ ބުނާ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ: އިންތި

ރައީސް ނަޝީދަށް ދިން ހަމަލާއަކީ "ޑްރާމާ"އެކޭ ބުނާ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ: އިންތި

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަކީ "ޑްރާމާ" އެއް ކަމަށް ބުނާ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އިންތި ވިދާޅުވެއްޖެއެވެ.

މެމްބަރު އިންތި ހިމެނިވަޑައިގަންނަވާ ސަރުކާރު ހިންގާ އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު އެ ޕާޓީން ބޭއްވި އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ "ޑްރާމާ"އެއް ކަމަށް ބައެއް މީހުން މީސްމީޑިއާގައި ބުނެފައިވާ ކަމަށެވެ.

އެގޮތުން ރައީސް ނަޝީދަށް ދިން ހަމަލާއަކީ "އޮޅުވާލުމެއް" ނުވަތަ "ޑްރާމާއެއް" ކަމަށް ބުނެ ބައެއް މީހުން "ބުހުތާން ދޮގު" ވާހަކަތައް މީސްމީޑިއާގައި ފަތުރަމުންދާ ކަމަށް އިންތި ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

"ރައީސް ނަޝީދަށް ދިން ހަމަލާ، އެއީ ޑްރާމާއެކޭ، ގޮއްވާލީ ކުޑަކުޑަ ފުއްޕާ ހަމެކޭ ޓްވިޓާގައި ބައެއް މީހުން ލިޔެފަ އޮތް، މިފަދަ މައްސަލަތައް ބަލަން ޖެހޭ، އަދި އެ މީހަކަށް ފިޔަވަޅު އަޅަން ޖެހޭނެ،" މާފަންނު އުތުރު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

އެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ލިބިލެއްވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަނުގައެވެ. ނިރުބަވެރި މި ހަމަލާގެ ސަބަބުން އެމަނިކުފާނަށް ލިބިލެއްވި އަނިޔާތަކުގެ ތެރެއިން ރައީސް ނަޝީދު ފައި ނޫން ހުރިހާ ތަނެއް މިހާރު ވަނީ ފަސޭހަވެފައި ކަމަށް އެމަނިކުފާނުގެ އާއިލާއިން ދާދި ފަހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް