Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މުރުތައްދުވުމުން މުސްލިމުންގެ ތެރޭގައި އެ ކުށަށް އަދަބުދެވޭނެ: ޑރ. ޖަމީލު

މުރުތައްދުވުމުން މުސްލިމުންގެ ތެރޭގައި  އެ ކުށަށް އަދަބުދެވޭނެ: ޑރ. ޖަމީލު

މުރުތައްދުވުމުން މުސްލިމުންގެ ތެރޭގައި އެ ކުށަށް އަދަބުދެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވައިފައިވާ ބިލާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބިލުގެ ސަބަބުން، ރާއްޖޭގައި ބޭރުމީހުން ވަޒަންވެރިވެތިބެ އިސްލާމް ދީނާ ދެކޮޅަށް ހިންގާ އަމަލުތައް ވެސް ޙިމާޔަތް ކުރާނެ ކަމަށެވެ.

"މުރުތައްދުވުމުން މުސްލިމުންގެ ތެރޭގައި އެކުށަށް އަދަބު ދެވޭނެ. ނަފްރަތުގެ ބިލުން ރައްޔިތުކަން ދޫކޮށްލާ މީހުންގެ އަމަލުތަކާއި އަދި ބޭރުމީހުން ވަޒަންވެރިވެ ތިބެ ދީނާ ދެކޮޅަށް ހިންގާ އަމަލުތައް ވެސް ޙިމާޔަތްކުރޭ. އިސްލާމްދީނުގެ ދިފާޢުގައި ބިލާ ދެކޮޅަށް ތެދުވަން ޖެހޭ." ޑރ. ޖަމީލުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/MJameelAhmed/status/1408665443099811842?s=20

އާންމުންގެ މެދުގައި "ހިސާނުގެ ބިލު" ގެ ނަމުން ނަން މަޝްހޫރުވެފައިވާ މި ބިލަކީ އެތައް ބަޔަކު ނުރުހުން ފާޅު ކުރަމުންދާ ބިލެކެވެ. އެހެން ނަމަވެސް މި ބިލު ފާސް ކުރަން ނުފެންނަކަމަށް ކ.ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ހުށަހެޅުއްވި ހުށަހެޅުން، ފާސް ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑަިޝަރީ ކޮމިޓީން ވަނީ ނިންމައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް