Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހިޔާ ފްލެޓުތަކުގެ ކުލި ނަގަން ފަށާނީ ކަރަންޓުލައިދޭ ހިސާބުން: އެޗްޑީސީ

ހިޔާ ފްލެޓުތަކުގެ ކުލި ނަގަން ފަށާނީ ކަރަންޓުލައިދޭ ހިސާބުން: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ގުނަން ފަށާނީ އެ ފްލެޓްތަކަށް ކަރަންޓު ލައިދެވޭ ހިސާބުންކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ވަނީ ހިޔާ ފްލެޓުތައް ލިބުނު މީހުންނަށް އެ ފްލެޓުތައް ބަލައިލުމުގެ ފުރުސަތު ވެސް ދީފައެވެ. އެ ކޯޕަރޭޝަނުން ބުނީ ފްލެޓުތައް ދައްކައިލަން ނިންމީ ގިނަ ބަޔަކު އެކަމަށް އެދެމުން ދިއުމާ ގުޅިގެން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް 4 ދަންފަޅިއަކަށް ބަހައިލައިގެން ފްލެޓުތައް ދައްކާލުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ މުވައްޒަފުން ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަޙްމަދު ވިދާޅުވީ މިއީ އެކި ސަބަބުތަކާއި ހެދި ފްލެޓުތައް ޙަވާލުކުރުން ލަސްވުމާ ގުޅިގެން ފްލެޓުތަކުގެ ފިނިޝިންގައި ހުރި މަސައްކަތް އަމިއްލައަށް ނިންމުމަށް ޓަކައި ބަލަން ބޭނުންވާނެ ކަންކަން ބަލައި އަންދާޒާތައް ހެދުމަށް ދެވުނު ފުރުސަތެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

"އަޅުގަނޑުމެންގެ އިލްތިމާސެއް ފްލެޓު ބަލަން އަންނައިރު ބޭނުންވާ މަޢުލޫމާތު ހޯދޭނެ އިންތިޒާމާ އެކު ވަޑައިގަތުމަކީ. ދެވަނަ ފަހަރަށް ފުރުސަތު ދިނުމަކީ ބޮޑު ދައްޗަކަށްވާނެތީ" ސުހެއިލު ވިދާޅުވިއެވެ.

މީގެ އިތުރުން ސުހެއިލު ވިދާޅުވީ ފްލެޓްތަކުގެ ވެރިންނަށް އަންނަ މަހުގެ 14 ވަނަ ދުވަހު ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރާއިރު އެތަނުގައި ކަރަންޓު ލިބެން ހުންނާނެކަމަށް ކޮންޓްރެކްޓަރ ހާމަކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ސަބަބެއް މެދުވެރިވެގެން ކަރަންޓު ފޯރުކޮށް ނުދެވޭ ނަމަ ފްލެޓުތަކުގެ ކުލި ނަގާ މުއްދަތު ގުނަން ފަށާނީ ކަރަންޓު ލައިދެވޭ ހިސާބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް