Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވަކި ތަރުތީބެއް ނެތި ދިއްދޫން ނެގި ސުންކެއް ފައްސިވެއްޖެ

ވަކި ތަރުތީބެއް ނެތި ދިއްދޫން ނެގި ސުންކެއް ފައްސިވެއްޖެ

ހއ.ދިއްދޫގައި ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވީ އެ ރަށުން ކޮވިޑްގެ ދެވަނަ ރާޅުގައި ފުރަތަމަ ފައްސިވީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ބިދޭސީއެއް ކަމަށެވެ. އޭނާއަކީ ބޯ ކޮށާ ސެލޫނެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް އަބްދުالله ބުންޏެވެ.

އެ ވޭދަނައާ ގުޅިގެން ދިއްދުއަށް އަރައި ފޭބުން މަނާކޮށް ވަކި ތަރުތީބެއް ނެތި ސުންކު ނަގަމުން ދާއިރު ފިހާރައެއްގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު މިއަދު ބައްޔަށް ފައްސިވެފައިވާ ކަމަށް އަބްދުالله ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މައުލޫމާތު ލިބޭ ގޮތުގައި އެ ފިހާރައަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ދާ ފިހާރައެކެވެ. އަދި ހޯލްސޭލްކޮށް އެ ރަށުގެ އެހެން ފިހާރަތަކަށް ވެސް މުދާ ނަގަނީ އެ ފިހާރައިންކަމަށް މައުލޫމާތު ލިބެއެވެ.

އަބްދުالله ވިދާޅުވީ އެ ރަށުގައި މިހާރު ތަރުތީބެއް ނެތި ސުންކުތައް ނަގަމުންދާ ކަމަށާއި ހާލަތު އެހާ ރަނގަޅު ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް