Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ލުއި ޚަބަރު

އައިނު ނާޅައި ނޫސް ކިޔަން ނޭނގުމުން ކައިވެނި ކެންސަލުކޮށް ދައުވާ ވެސް ކޮށްފި

އައިނު ނާޅައި ނޫސް ކިޔަން ނޭނގުމުން ކައިވެނި ކެންސަލުކޮށް ދައުވާ ވެސް ކޮށްފި

އާދަޔާ ހިލާފު ކަންކަންވުމަށް ނަން މަޝްހޫރު އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި އަންހެނަކު އޭނާ އިންނަން އުޅުނު މީހާއަށް އައިނާ ނުލައި ނޫސް ކިޔަން ނޭނގުމުން ކައިވެނި ކެންސަލް ކޮށްލައިފިއެވެ.

ކައިވެނި ކެންސަލު ކޮށްލުމުގެ އިތުރުން އެ އަންހެންމީހާ ވަނީ ފިރިހެން މީހާއާއި އޭނަގެ އާއިލާއާ ދެކޮޅަށް ދައުވާ ވެސް ކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އަރްޗަނާ ނަމަކަށް ކިޔާ އެ އަންހެން މީހާ، ބާންޝީ އަވަށުގައި ދިރިއުޅޭ ޝިވަމް ނަމަކަށް ކިޔާ އެ ފިރިހެން މީހާއާ ކައިވެނި ކުރަން އޮތީ ހުރިހާ ކަމެއް ހަމަޖެހިފައެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް ޝިވަމްގެ ލޮލުގެ ފެނުން ރަނގަޅު ނޫންކަން އަރްޗަނާއާއި އޭނަގެ އާއިލާއަށް އެނގުނީ ކައިވެނި ކުރަން އޮތް ދުވަހު ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ޝިވަމް އެ ދުވަހު އެއްކޮށް އައިނު އަޅައިގެން އުޅޭކަން އަރްތްޗަނާއާއި އެހެން އަންހެނުންތަކަކަށް ފާހަގަވި ކަމަށާއި އެހެންކަމުން ޝައްކު ވެގެން ޝިވަމް ގާތު އައިނު ނާޅާ ނޫސް ކިޔަން ބުނި ކަމަށް ވެއެވެ.

ނަމަވެސް އައިނު ނާޅާ ހުރުމުން ނޫހުގައި ލިޔެފައި ހުރި އެއްވެސް އެއްޗެއް ޝިވަމް އަކަށް ނުކިޔުނެވެ. އެހެންކަމުން އަރްޗަނާއާއި އޭނަގެ އާއިލާ އެ ކައިވެނި ވަގުތުން ކެންސަލު ކޮށްލިއެވެ.

އާރްޗަނާގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ޝިވަމްގެ ލޮލުގެ ހާލަތު އެނގުމުން ކައިވެނި ކެންސަލް ކޮށްލުމަށް ފަހު، ކައިވެންޏަަށް އެ މީހުން ކުރި ޚަރަދާއި ދިން އެއްޗެހި އަނބުރާ ދޭން ޝިވަމްގެ އާއިލާ ގާތު ބުނި ކަމަށެވެ. ފުލުހަށް ދާން ޖެހުނީ އެތަކެތި ދޭން ދެކޮޅު ހެދުމުން ކަަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް