ފައްސިވީ އަދަދު މިއަދު ވަރަށް މަދު

ރާއްޖެއިން މިއަދު އިތުރު 150 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެއެވެ. އޭގެތެރެއިން 30 މީހުން ފައްސިވީ މާލެއިންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 101 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 17 މީހަކާއި ކަނޑުއުޅަނދުފަހަރުން ދެ މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 73،094 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 68،806 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހުން ނިޔާވެފައި ވެއެވެ.