Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

10 މީހުން ފައްސިވެ ފޮނަދޫ އަނެއްކާ ވެސް ބިރުވެރިކަމަކަށް

10 މީހުން ފައްސިވެ ފޮނަދޫ އަނެއްކާ ވެސް ބިރުވެރިކަމަކަށް

ލ.ފޮނަދޫއިން ކޮވިޑް-19 ޖެހިފައި ތިބި އެންމެން ރަނގަޅުވެފައި ވަނިކޮށް އެރަށުން ފެނުނު ކޮވިޑް-19ގެ އެއްތާވި ބަޔަކާއި ގޭގެ ކަރަންޓީނުގައި ތިބި ބަޔަކު ބައްޔަށް ފައްސިވެއްޖެއެވެ.

ފޮނަދޫން ކޮވިޑް-19 ޖެހުނު އެންމެން 22 ޖޫންގައި ވަނީ ބަލިން ރަނގަޅުވެފައެވެ. އޭރު އެރަށުން ޖުމްލަ 49 މީހެއް މިބައްޔަށް ފައްސިވެފައިވެއެވެ.

ލ،ފޮނަދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާލާއިރު، 24 ވަނަ ދުވަހު އަލާމާތް ފެނިގެން ޓެސްޓް ކުރުމުން ކޮވިޑް-19 އަށް ފައްސިވި މިހާއާ ގާތުން ބައްދަލުވި 8 މީހަކު މިއަދު ވަނީ ބައްޔަށް ފައްސިވެފައެވެ. މިއަދު އިތުރަށް ފައްސިވި ދެ މީހުންނަކީ ގޭގެ ކަރަންޓީންގައި ތިބި ދެ މީހުންނެވެ.

Advertisement
Ooredoo — Truecaller (box)

މިކަމާ ގުޅިގެން ހަތަރު ގެއެއް ވަނީ ކަރަންޓީނަށް ލައިފައެވެ. އަދި އަލާމާތް ފެނިގެން ފައްސިވި މީހާއާ އެއްތާވި މީހުން ދިރިއުޅޭ 8 ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.

ފޮނަދޫން ކޮވިޑް-19 ވޭދަނަތަކެއް ފެނި މުޅި ރަށް ނުރައްކަލަށް ވެއްޓިފައި މި ވަނީ މޮނިޓަރިންގެ ހާލަތުން ރަށް ނެގުމަށް ތައްޔާރުވެފައި ވަނިކޮށެވެ. މިގޮތުން 22 ޖޫންގައި އެރަށުން ވަކި ތަރުތީބެއް ނެތި 140 ސުންކު ނެގި އިރު ހުރިހާ ސުންކުތަކެއް ވެސް ނައްސިވުމުން، ރަށުގެ ރެސްޓޯރެންޓްތައް ވަނީ ހުޅުވައިފައެވެ. ފޮނަދޫ މޮނިޓަރިންގްގެ ހާލަތަށް ގެނެސްފައި ވަނީ އޭޕްރީލް 24 ވަނަ ދުވަހުއެވެ. އެއީ އެ ރަށާ އެއްފަސްކޮށް އޮންނަ ލ.މާންދޫއިން ފެނުނު ހިޔަލުގެ ވޭދަނަތަކެއް އެރަށުން ފެނުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް