Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

!ނީނާ ގުޕްތާގެ 40 އަހަރުވީ ހުވަފެން ހަގީގަތަކަށް

!ނީނާ ގުޕްތާގެ 40 އަހަރުވީ ހުވަފެން ހަގީގަތަކަށް

ބޮލީވުޑްގެ ކުޅަދާނަ ތަރި ނީނާ ގުޕްތާގެ ފިލްމް "ގުޑް ބާއި" ޝޫޓިން އަލުންފަށައިގެން ކުރިއަށް ގެންދާއިރު މިއީ ނީނާއަށް ވަރަށް ހާއްސަ ފިލްމެކެވެ. ފިލްމު ހާއްސަވީ ސަބަބާ ގުޅޭ ގޮތުން ނީނާވަނީ ވާހަކަ ދައްކާފައެވެ.

"ކޮންމެ މީހަކުވެސް ހައިރާންވަނީ މިއީ އަހަންނާ އަމީތާބް ބައްޗަންއާއި އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމޭ ބުނީމަ. އެންމެފަހުން އަމީތާބް އާއެކު ފިލްމެއް ކުޅެލާނެ ފުރުސަތެއް ލިބިއްޖެ" ނީނާ ބުންޏެވެ.

ފިލްމް އެންމެ ހާއްސަ ކަމަކީ ނީނާގެ 40 އަހަރުވީ ދިގު ކެރިއަތުގައި ފުރަތަމަ ފަހަރަށް އަމީތާބް އާއެކު ފެންނާނެތީކަމަށް ނީނާ ބުނެއެވެ. އަދި މިއީ ދިގު އިންތިޒާރެއްގެ ނިމުންކަމަށް ނީނާބުންޏެވެ

Advertisement
HDC — Sidebar (box)

[caption id="attachment_99714" align="alignnone" width="300"]<img class="size-medium wp-image-99714" src="https://cdn.dhen.mv/wp-content/uploads/2021/06/amihtb-300x225.jpg" alt="" width="300" height="225" /> އަމީތާބް ބައްޗަން[/caption]

ފިލްމު "ގުޑް ބާއި" ގެ ޑައިރެކްޓަރ ވިކާސް ބަލް ބުނާ ގޮތުގައި މިފިލްމުގައި ނީނާ ފެނިގެންދާނީ އަމީތާބްގެ އަނބިމީހާގެ ރޯލުންނެވެ. ކޮވިޑް 19ގެ ސަބަބުން ހުއްޓިފައި އޮތުމަށްފަހު ފިލްމު "ގުޑް ބާއި"ގެ މަސައްކަތްް ފަށާފައިވީނަމަވެސް ފިލްމު އަޅުވާނެ ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ކާމިޔާބު އެތައް ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނީނާ އެންމެފަހުން ފެނިގެންގޮސްފައިވަނީ ނެޓްފްލިކްސްގައި ސްޓްރީމްކުރި "ސަރްދާރް ކާ ގްރޭންޑް ސަން" އިންނެވެ. ނީނާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ބަދާއިހޯ" "ދަ ލާސްޓް ކަލަރ" އަދި "ޕިންނީ" ހިމެނެއެވެ.

&nbsp;

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް