Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރީކޯގެ ރައްދު ނަޝީދަށް: އެމްޑީޕީއަކީ މީހުން ޖަލަށް ލައި އަނިޔާ ކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް

ރީކޯގެ ރައްދު ނަޝީދަށް: އެމްޑީޕީއަކީ މީހުން ޖަލަށް ލައި އަނިޔާ ކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް

ގިނަ އަދަދެއްގެ ބަޔަކު ކުއްލިއަކަށް ހިފައި ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލުމުން، އެކަމުގެ ރައްދު އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ދެއްވައިފިއެވެ.

ރީކޯ މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ މިހާރު މި ހިނގާ ކަންކަމާ މެދު ފުންކޮށް ވިސްނައި ގިނަ އަދަދެއްގެ ބަޔަކު ހިފައި ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެއަށް ދިމާވެފައިވާ ބިރުވެރި ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީ އަކީ ހައްޔަރުކޮށް ޖަލަށްލައި އަނިޔާކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށެވެ. އަދި 16އަހަރު ވެރިކަން ކުރެއްވުމަށް ފަހު މައުމޫނު ގެންގުޅުއްވި ފިކުރަށް ރުޖޫޢަ ނުވުމަށް ގޮވައިލައްވަމުން މޫސަ ވިދާޅުވީ ގިނަ ދުވަހު ޖަލުގައި އުޅުމަކީ ތިމާ ބަދަލުވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

Advertisement
Ooredoo — Square (box)

https://twitter.com/reekomoosa/status/1409011122607251456?s=21

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މިހާރު ފެންނަނީ ވަރަށް އަނދިރި މަންޒަރެއް ކަމަށާއި އެއީ ރާއްޖެއަށް ޖާނުން ފިދާވުމުގެ ހަމަލާ އަންނަތަން ކަމަށެވެ. އަދި އަވަސް ފިޔަވަޅެއް ނާޅައިފި ނަމަ އެކަން ވަރަށް އަވަހަށް އަންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް