Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށް މަޝްވަރާކުރަނީ

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށް މަޝްވަރާކުރަނީ

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިސްކިތްތަށް އަލުން ހުޅުވުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާއި ރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ. މާލޭގެ މިސްކިތްތައް ވަގުތީ ގޮތުން ބަންދު ކުރީ ކޮވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން މިސްކިތްތައް ބަންދު ކުރުމާ ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިގޮތަށް ނިންމައިފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ މިފިޔަވަޅު އެޅުމަށް ނިންމައިފައި ވަނީ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިނިންމުން ނިންމައިފައި ވަނީ މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް އެންގި އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި ޖަމާޢަތް ހަދަމުންދާތީއެވެ. ކޮވިޑުގެ ކޭސްތައް ގިނަވެ މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ މޭ މަހު 26 ގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް