ޚަބަރު

ރަށަށް ދިޔުމުގެ ދަތިކަން ހައްލުކޮށްދިނުމަށް އެދި ރިސޯޓު މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: މިހާރު

ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަށަށް ދިޔުމުގައި ދަތިތަކެއް ހުރުމުން އެކަން ހައްލު ކޮށްދޭން އެދި ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި "ރިސޯޓް ވޯކާސް މޯލްޑިވްސް" އިސްވެ އޮންލައިންކޮށް ހުށަހަޅާ މި ޕެޓިޝަނުގައި މިހާތަނަށް ރިސޯޓްތަކުގެ 500އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުރުން ކަމާ ބެހޭ އެހެން ފަރާތްތަކަށް ވެސް މި ޕެޓިޝަން ހުށަހަޅާނެ ކަމަށެެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސްއިން ބުނީ، ޕެޓިޝަން ހުށަހަޅަން ނިންމީ އެޗްޕީއޭގެ ގަވާއިދުތައް ހުރި ގޮތުން ރިސޯޓުން ރަށަށް ނުދެވޭތީ އެކަމުގެ ޝަކުވާތައް ގިނަވެފައި ވާތީ ކަމަށާއި ކޮވިޑް-19ގެ ހާލަތާ ހެދި ސަންސެޓު ގާނޫނަށް ގިނަ ރިސޯޓުތަކުން އަމަލު ނުކުރާ ކަމަށެވެ.

މީގެއިތުރުން އެ ޖަމިއްޔާއިން ބުނެފައި ވަނީ ޗުއްޓީއަށް ގޮސްފިއްޔާ ހުރިހާ ލީވެއް ކަނޑައިލާ ކަމަށާއި ސަންސެޓު ގާނޫނުން ޗުއްޓީގައި ހުންނައިރު ލީވަކުން ވެސް އަދި މުސާރައަކުން ވެސް ނުކެނޑޭނެކަން ކަށަވަރުކޮށްދޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!