އެއް ޖިންސުން ގުޅުން ހިންގުން ޕްރަމޯޓް ކުރާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގެ ދަށުން ހަރުކަށި އަދަބު ދެނި
މީސްމީޑިއާގައި ، އިސްލާމް ދީނަށް ގޮންޖަހައި ވާހަކަތައް ފަތުރާ ފަރާތްތަކަށާއި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ފަރާތްތަކަށް އަބަދު ދިނުމުގައި އިސްލާމީ ޝަރީއަތުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް މެލޭޝިއާ ސަރުކާރުގެ ޓާސްކް ފޯސްއަށް ހުށަހަޅައިފިއެވެ.
މުސްލިމް މެޖޯރިޓީއެއް އޮންނަ މެލޭޝިއާގައި އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުގެ މީހުން ކައިވެނި ކުރުމަކީ ޤާނޫނުން މަނާކޮށްފައި އޮންނަ ކަމެކެވެ. އަދަބު ހަރުކަށި ކުރަން އިސްލާހެއް ހުށަހަޅައިފައި ވަނީ އެއްޖިންސުން ގުޅުން ހިންގުން އިސްތިހާރު ކުރާ ޕްރައިޑް މަހާ ގުޅިގެން މިފަދަ ކަންކަން އެޤައުމުގައި އާއްމުވެފައިވާތީ ކަމަށް، މެލޭޝިއާގެ ދީނީ ކަންކަމާ ބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރްޒުކް ޝާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
"މީސްމީޑިއާގައި ބޮޑެތި ކުންފުނިތަކުން ވެސް އެއްޖިންސުން ގުޅުން ހިންގުން ޕްރަމޯޓްކޮށް ސްޓެޓަސް ޖަހައިފައިވާކަން ފާހަގަވޭ. މިގޮތަށް ކަންތައް ކުރާ ހުރިހާ މުސްލިމުންގެ ނަން ބޭނުން ކުރާ ފަރާތްތަކަށާއި މުސްލިމުންގެ ނަމުގައި އޮޕަރޭޓް ކުރަމުން އަންނަ ކުންފުނިތަކަށް ވެސް ފިޔަވަޅު އަޅާނަން" މި ބަޔާނުގައި ބުނެފައިވެއެވެ.
32 މިލިޔަން މީހުންގެ އާބަދީ އޮންނަ މެލޭޝިއާގެ އާބާދީގެ 60 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ މުސްލިމުންނެވެ.އެ ގައުމުގައި އޮންނަނީ ޑުއަލް-ޓްރެކް ޤާނޫނީ ނިޒާމެކެވެ. މިގޮތުން އެޤައުމުގެ މުސްލިމުންނަށް، އިސްލާމީ ޝަރީއަތުގެ ހުކުމްތައް ޖިނާއީ މައްސަލަތަކުގައްޔާއި އާއިލާއާ ބެހޭ މައްސަލަތަކުގައި އިއްވައެވެ. އަދި ސިވިލް ކަންކަމުގައި ހިނގާނީ އެންމެންނަށް އޮންނަ ޤާނޫނެކެވެ.
ަވަރަށް ބަރާބަރު
އެކަމަކު މި ކުޑަ ދިވެހިރާއްޖެ ދުވަން މިއުޅެނީ އިސްލާމްދީނާ ދުރަށް. މިތަނަށް ފާވެގަނެގެން އުޅޭ ލާދީނީ ބައިގަނޑަކަށް ވެރިކަން ލިބިގެން މި ހުރިހާ ކަމެއް މިރާއްޖޭގަ ގޯސްވީ..
100%
ވަކިބަޔަކު ވެރިކަންކުރާތީީ މުސްލިމުން މަދުވެ އިސްލާމީގައުމަކުން އެދީން ފިލާގެންނުދާނެ އެހެންއެކަން ވާނެނަމަ އިޒްރޭލްގަ މިހާރު އެންމެ މުސްލިމަކުވެސް ނޫޅޭނެތާ
އިޒްރޭލަކީ ބަޔަކު ދީގެން އުޅޭ ނަމެއް. ބިމަކީ ފަލަސްތީނުބިން. އެތަނަށްވެރިވެގެންއުޅޭ ޒަޔަނިސްޓުން ިއުޅެނީ އެތަނުގައި ތިބި މުސްލިމުންގެޢަޤީދާ ބަދަލުކުރާކަށްނޫން. އެބިމުން އެމީހުން ްބޭރުކުރަން