ބޯވާގެ ހަގީގަތަކީ ކޮބާ؟ އެއީ އޭލިއަނެއްތަ؟
އަހަރެމެން މި އުޅޭ ބިން ނޫން އެހެން ތަނެއްގައި ދިރުމެއް ވާކަމަށް ބައެއް ސައިންސްވެރިން ޤަބޫލުކުރެއެވެ. އަދި ގިނަ ފިލްމްތަކުން ވެސް އަހަރެމެންނަށް ވިސްނައިދޭން ބޭނުން ވަނީ އެހެން ދުނިޔެއެއްގައި ވެސް އިންސާނުން ގޮތަށް ތަފާތު ބައެއް އުޅޭ ކަމެވެ. ނަމަވެސް އެހެން ދުނިޔެއަކުން އައި ދިރުމެއް އަހަރެމެން މިއުޅޭ ދުނިޔޭގައި އުޅޭ ނަމަ ދެންވާނީ ކީއް ހެއްޔެވެ؟
ބޯވާއަކީ ދުނިޔޭގައި އުޅޭ ޖަނަވާރުންގެ ތެރެއިން އެންމެ ތަފާތު އެއް ޖަނަވާރެވެ. ބޯވާއަކީ އެންމެެ ކައްޓެއްގެ މައްޗަށް އެކުލެވޭ އެއްޗެކެވެ. މޫދުގައި އުޅޭ ބޯވާއަކީ ކިތަންމެ ހިމަ ތަނަކުން ވެސް ދެމި ގަނެވޭ އެއްޗެކެވެ. މީގެ އިތުރުން ވެސް ޝިކާރަ ކުރާ މަސްތަކުން ސަލާމަތްވުމުގެ ބާރު ބޯވާއަށް އޮވެއެވެ. މިކަން ކުރާ ގޮތަކީ މޫދުގައި އުޅޭ ޖަނަވާރުތަކަށް ނުފެންނަ ގޮތަށް އޭގެ ކުލަ ބަދަލު ކޮށްލުމެވެ.
ބޯވާއަކީ އެހެން ޖަނަވާރުތަކާ އަޅާ ބަލާއިރު ވަރަށް ތަފާތު އެއްޗެކެވެ. ވިސްނުމުގެ ބާރު ގަދަ ބޯވާއަކީ ކުރިން ކުރި ކަންތައް ހަނދާނުގައި ބެހެއްޓުމުގެ ބާރު ހުންނަ ޖަނަވާރެކެވެ. ނަމަވެސް ބައެއް ސައިންސްވެރިން ބޯވާއަކީ އެހެން ދުނިޔެއަކުން އައިސްފައިވާ އެއްޗެކޭ ބުނަނީ ކީއްވެގެން ހެއްޔެވެ؟
މި އަހަރު ކުރެވުނު ދިރާސާއެއްގައި ދައްކާ ގޮތުން ބޯވާގައި ހުންނަ ޖީންސްތަކަކީ ދުނިޔޭގައި އުޅޭ ޖަނަވާރަކުން މިހާތަނަށް ފެނިފައިވާ ޖީންސްއެއް ނޫނެވެ. އަދި އެއީ ދުނިޔޭގައި އުޅޭ ޖަނަވާރަކުން އުފެދިފައި ނުވަތަ ވާރުތަކޮށްފައިވާ އެއްޗެއް ވެސް ނޫނެވެ. އެއީ މުޅިން ތަފާތު ޖީންއެކެވެ. މި ސައިންސްވެރިން ޤަބޫލު ކުރާ ގޮތުގައި ބޯވާއަކީ ޖައްވުން އައި ހިލައެއްގެ ސަބަބުން ދިރުން އައި އެއްޗެކެވެ.
ނަމަވެސް ބޯވައިގެ ޑީއެންއޭ އަށް ބަލާއިރު އެއީ ދުނިޔޭގައި އުޅޭ ތަފާތު ޖަނަވާރުތަކާއި އެއްގޮތް އެއްޗެއް ކަމަށް ބައިލޮޖިސްޓުން ބުނެއެވެ.
ބޯވާގެ ޙަޤީޤަތް އެންމެ ބޮޑަށް އެނގޭނީ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް އުފެއްދެވި ﷲ ސުބްޙާނަޙޫ ވަތަޢާލާއަށެވެ. ދުނިޔޭގައި އުޅޭތާ 300 މިލިޔަން އަހަރުވެފައިވާ ބޯވާގެ ޙަޤީޤަތް ދެނެގަތުމަށް އިންސާނުން ނުކުޅެދިފައިވާއިރު، އިންސާނުންނަށް ނޭނގޭ އެތަކެއް ކަމެއް ދުނިޔޭގައި ހުންނާނެކަން ޔަޤީނެވެ.
ވައި
ދެން ކޮން އޭލިޔަނެކޭ އެހެން ދުނިޔެ އެކޭ ކިޔާކަށް … އެއީ މި ދުނިޔޭގައި ﷲ ލައްވާފައިވާ މަހުލޫގެއް .. އަދި ބޯވަ މަހަކީ މަށައް ވަރަށް މީރު މަހެއް