ދުނިޔެ

ހެންދު ޒާޒާ- މިފަހަރު އޮލިމްޕިކްސްގައި ވާދަ ކުރާ އެންމެ ހަގު އެތުލީޓް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހިންދު ޒާޒާ

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިއަދު ފަށާ އޮލިމްޕިކްސް ގޭމްސްގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް ދާއިރު އޮލިމްޕިކްސް ގޭމްސްގައި ބައިވެރިވާ ހުރިހާ އެތުލީޓުން މިހާރު ވަނީ ޖަޕާނަށް ގޮސްފައެވެ.\ މިފަހަރު އެންމެ ގިނަ މީހުންގެ ލޮލުގައި އަޅައިގަތީ ސީރިޔާގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ހެންދު ޒާޒާ އެވެ.

Ads by Sosun Fihaara

އުމުރުން އެންމެ 12 އަހަރުގެ ހެންދު އޮލިމްޕިކްސް ގޭމްސްއަށް ކޮލިފައިވީ މިދިޔަ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލުބުނާނުގެ ޓޭބަލްް ޓެނިސް ކުޅުންތެރިޔާ މަރިއާނާ ސަހަކިއަން ބަލިކޮށްގެންނެވެ. އޭޝިއަން ކޮލިފިކޭޝަންގައި އުމުރުން 42 އަަހަރުގެ މަރިއާނާ ބަލިކޮށް ހިންދު ހޯދި ކާމިޔާބީއަކީ ފާހަގަކޮށްލެވޭ ކާމިޔާބެކެވެ. ހިންދުއަކީ ސިީރިޔާގެ ޓޭބަލް ޓެނިސްގައި ނޭޝަނަލް އެވޯޑް ހޯދައިފައިވާ ކުއްޖެކެވެ.

ހަނގުރާމައިއިގައި ފަނާވެފަައިވާ ސީރިޔާގެ ހިންދުގެ ޅައުމުރު ވެސް ހޭދަވެފައި ވަނީ ހަނގުރާމައިގެ ތެރޭގައެވެ. މި ކަންކަމާ އެކު ވެސް އޭނާ މަސައްކަތް ކުރަމުންދަނީ ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް ކަމަށް ހިންދު ވަނީ ބުނެފައެވެ.

"މިއީ އަހަރެންގެ ގައުމަށް ދޭ ހަދިޔާއެއް. އަހަރެންގެ މަައިންބަފައިންނާއި އެކުވެރިންނަށް ދޭ ހަދިޔާއެއް" ހިންދު ބުނެފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން އޮލިމްޕިކްސްއަށް ޕްރެކްޓިސް ކުރުމުގައި އެތައް ގޮން ޖެހުން ތަކެއް ކުރިމަތިވި ކަމަށާއި އެތަށް ސެސަންތަކެއް ކެންސަލް ކުރަން ޖެހުނުކަމަށް ހިންދު ބުނެއެވެ.

"ކަރަންޓު ކެނޑި އިމާރާތްތަކާއި ކުޅޭ ދަނޑުތައް ވެސް ހަލާކުވުމުގެ ސަބަބުން އަހަރެން ގިނަ ޕްރެކްޓިސްތައް ކުރީ ވީރާނާވެފައިވާ އިންޑޯ ހޯލްގައި. އެކަމަކު އެއީ އަހަރެން އޮލިމްޕިކް މެޑަލް ހޯދުމަށް އެޅޭނެ ހުރަހެއް ނޫން" ހިތްވަރުގަދަ ހިންދު ބުންޏެވެ.

ހިންދުއަކީ ސީރިޔާގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިއެއްގެ ފަސްދަރިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ އޭނާގެ އާއިލާކަމަށް ހިންދު ބުނެއެވެ.

Ads by Ooredoo
  1. ހިންދު

    ކާމިޔާބީއަށް އެދެން