Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ދުނިޔޭގެ އެންމެ ރީތި ސަންސެޓް ލިސްޓުގެ 8 ވަނަ ރާއްޖެ އަށް

ދުނިޔޭގެ އެންމެ ރީތި ސަންސެޓް ލިސްޓުގެ 8 ވަނަ ރާއްޖެ އަށް

ދުނިޔޭގެ އެންމެ ރީތި އިރުއޮއްސޭ މަންޒަރު ފެންނަ ގައުމުތަކުގެ ލިސްޓުގެ އަށްވަނަ ރާއްޖެއަށް ލިބިއްޖެއެވެ.

އޮންލައިން ޓްރެވަލް އޭޖެންޓް، “ބައުންސް”އިން ހެދި ދިރާސާއެއްގެ މައްޗަށް ބިނާކޮށް ހެދި މި ދިރާސާގައި ރާއްޖެ ގަދަ 10ގައި ވަނީ ހިމެނިފައެވެ. ބައުންސްއިން މި ދިރާސާ ހަދައިފައި ވަނީ ދުނިޔެއިން އެންމެ ރީތި އިރުއޮއްސޭ މަންޒަރު ފެންނަ ސަރަހައްދުތައް ބެލުމަށް ފަހުއެވެ.

އެ ދިރާސާގައި އިންސްޓަގްރާމް ބްލޮގްތަކާ އެކި މީހުން މީސް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކަށް ވެސް ވަނީ ބަލައިފައެވެ. ދުނިޔޭގެ އެންމެ ރީތި އރުއޮއްސޭ މަންޒަރު ފެންނަ ގައުމުތަކުގެ ތެރެއިން 8 ވަނައަށް ރާއްޖެ އެރީ 5.27 ޕޮއިންޓް ލިބިގެންނެވެ.

Advertisement
Ooredoo — Square (box)

މި ލިސްޓުގެ އެއްވަނައިގައި އުޅެނީ ގްރީސްގެ ސެންޓޮރީނީއެވެ. ސެންޓޮރީނީއަށް ލިބުނީ 8.29 ޕޮއިންޓެވެ. ދެވަނައިގައި އިންޑޮނޭޝިއާގެ ބާލީ އުޅޭ އިރު އެ ސަރަހައްދަށް ލިބިފައި ވަނީ 7.14 ޕޮއިންޓެވެ. ތިން ވަނައިގައި އުޅެނީ އެމެރިކާގެ ހަވާއީއެވެ. ހަވާއީއަށް ލިބުނީ 6.62 ޕޮއިންޓެވެ.

ހަތަރުވަނަ ބްރެޒިލްގެ ރިއޯ ޑެ ޖެނީރޯއަށް ލިބިފައިވާއިރު ފަސްވަނަ ލިބިފައި ވަނީ އެމެރިކާގެ ގްރޭންޑް ކެންޔޮން ނޭޝަނަލް ޕާކަށެވެ. ކެމްބޯޑިއާގެ އަންގްކޮރ ވަޓްއަށް ހަވަނަ ލިބިފައިވާއިރު ހަތްވަނައިގަ އުޅެނީ ފްލޮރިޑާގެ ކެއި ވެސްޓްއެވެ. ނުވަވަނައިގައި އުޅެނީ ހަވާއީގެ އީސްޓް މައުއީއެވެ. އޮސްޓްރޭލިއާގެ އުލޫރޫއަށް ލިބުނީ ދިހަ ވަނައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް