ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަށަވަރުވެއްޖެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ފުޅާކޮށްލުމާ އެކު ރައީސް ޔާމީނަށް އިތުރު އަނިޔާދޭން ފަށައިފައިވާ ކަމަށެވެ. އެގޮތުން ދެ ރެއަކު އެ ޕާޓީން ޖަލްސާ ބޭއްވުމުން އިދިކޮޅު ލީޑަރަށް ކުރާ އަނިޔާ އިތުރުކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މިނިވަންކަމުގެ ދިފާއުގައި ދިވެހީން"ގެ ނަމުގައި ޕީޕީއެމުން ރޭގައި ފެށި ކެންޕެއިން ޖަލްސާގައި އިދިކޮޅުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ޕީޕީއެމްއިން ވަނީ ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާގައި ވަނީ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި ބައެއް ބޭފުޅުން ޕީޕީއެމްއަށް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲއާއި އެމްޑީޕީގައި ކުރީން މަަސައްކަތް ކުރި ބައެއް ބޭފުޅުން ހިމެނެއެވެ.
"ޕާޓީއިން ދެ ޖަލްސާއެއް ބާއްވާލީ ރައީސް ޔާމީނަށް އިތުރު އަނިޔާތައް ދޭން ފެށީ. މިކަމުން ކަށަވަރު ވަނީ ކުރި ހުކުމަކީ ސިޔާސީ ނުފޫޒުން ކުރި ހުކުމެއްކަން،" މެމްބަރު ޝިޔާމް ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ މައްސަލައެއްގައި ރައީސް ޔާމީން މިހާރު ގެންދަވަނީ ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނަށް ލިބުނު އެއް މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރިކަމަށް ބުނާ މައްސަލައެކެވެ. ކޯޓުގައި އެ މަނިކުފާނު ވަނީ މި ދައުވާއަަށް އިންކާރު ކުރައްވައިފައެވެ.
އެއުޅެނީ ކަމެއް ކޮއްގެން ނޫ އެމަނިކުފާނުގެ ލޭނުބޮވިގެންް
އެންޑީޕިއެއުޅެނީ ކޮށްދީފަ ހުރިކަންތަކާ ކޮއްދޭން ފަށަން
ހުރިކަންތައް އެގި ފެނި ހާމަވީމަ އެކަން ހަޖަމު ނުވީ މިއޮތީީީ
ބަޔަކު ވޯޓުލައިގެން ގެނެއްސަ އޮތް ބޮނޑުވަބާއެތް މިވަބާާ
އިންސަލާމަތް ވާން ޖެހޭ އެންމެން ގުޅިގެން މަސައްކަތްކުރަން ކުރަރަރަރަރަރަރަ