"މިނިވަންކަމަށް ގެއްލުންވާފަދަ ހާލަތެއް ނެތް، އޮތްނަމަ އެކަމާ ދެކޮޅަށް ފުރަތަމަ ތެދުވާނީ އަދާލަތުން"
ޤައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ފަށައިފައިވާ ކެމްޕެއިންގެ ދައުވަތު އަދާލަތުން ޤަބޫލު ނުކުރާނެ ކަމަށާއި އެޕާޓީން އެ ބުނާ ފަދަ ހާލަތެއް ރާއްޖޭގައި އޮތް ކަމަށް އަދާލަތު ޕާޓީން ޤަބޫލު ނުކުރާ ކަަމަށް ހާމަ ކުރައްވައިފިއެވެ.
ޕީޕީއެމްގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވަން ޕާޓީން ނިންމަވައިފައިވޭތޯ "ދެން"އިން ސުވާލު ކުރުމުން އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނިޒާރު ވިދާޅުވީ، ދިވެހި ރާއްޖޭގެ މިނިކަންކަމަށް ބުރޫއަރާ ފަދަ ކަމެއް ރާއްޖޭގައި ނުހިނގާ ކަމަށެވެ. މިހެންވެ، ޕީޕީއެމްއިން ކުރިޔަށް ގެންދާ ކެންޕެއިންގެ މާނައެއް ނެތް ކަމަށާއި ކެންޕެއިނާ ގުޅުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ކަމެއް ހިނގާ ނަމަ އެކަމާ އެންމެ ފުރަތަމަ ނުކުންނާނެ ޕާޓީއަކީ އަދާލަތު ޕާޓީ ކަމަށެވެ.
"އަޅުގަނޑުމެން މީގެ ކުރިން ވެސް ދަންނަވައިފައިވާނެ ދިވެހި ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވެ، އެފަދަ ކަމެއް ހިނގާ ކަމެއް ވެއްޖިއްޔާ އެންމެ ފުރަތަމަ އެ ފަދަ ކަމަކަށް ތެދުވާނީ އަދާލަތު ޕާޓީންނޭ. އަޅުގަނޑުމެން އަދާލަތު ޕާޓީންނެއް ނުދެކެން މިއަދު ރާއްޖޭގައި އެފަދަ ހާލަތެއް އޮތް ކަމަކަށް." އަލީ ނަޒީރު ވިދާޅުވީ، އެ ޕާޓީން ޤަބޫލު ކުރާ ގޮތުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި އަދި ސަރުކާރުން ކުރަމުންދާ މިމަސައްކަތް ވަރަށް ރަނގަޅު ކަމަށެވެ.
ސަރުކާރު ހިިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމްގެ އިތުރުން އަޙްމަދު ޝިޔާމްގެ އެމްޑީއޭއަށް ޕީޕީއެމްއިން މިއަދު ވަނީ އެޕާޓީގެ ހަރަކާތާ ގުޅުމަށް ރަސްމީކޮށް ދަޢުވަތު ދެއްވައިފައެވެ.
އަލީނިޒާރު އަޅެހަމަބާ ގައުމު ކަންކން ރަގަޅޭ ބުނާއިރު
މިވެރިންނަށް ބައިފަޅި ލިބެންޏާ ހެޔޮވާނެ ކޮންމެގޮތެއްވެސް. މާ ލަސްތކެއްނުވެ ކަރުތެރޭގަ ހިތިރަހަލާން ފަށާފާނެ
އެހެންވިއްޔާ ކުރިިން މިނިވަންކަން ގްލިގެން އުޅެފަ މިހާރު އޯކޭދޯ