ޚަބަރު ސަރުކާރު

އިންތިޤާލީ އިންސާފުގެ އޮފީހުން 19 މައްސަލައެއް ތަޙްޤީގުކުރަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެމް ނިއުސް

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށައަޅައިފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 19 މައްސަލައެއް ތަޙްޤީގުކުރަން ނިންމާފައިވާ ކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ

Ads by STELCO

އެ އޮފީހަށް، މައްސަލަތައް ހުށަހެޅުމަށް ފުރުޞަތު ހުޅުވައިލައިފައި ވަނީ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޔާމީން ވިދާޅުވީ އެ އޮފީހަށް ހުށައަޅައިފައިވާ ގިނަ މައްސަލަތަކަކީ މަދަނީ މައްސަލަތައް ކަމަށެވެ. އެގޮތުން އެ ފަދަ 78 މައްސަލައަކާއި ޖިނާޢީ މައްސަލައިގެ ގޮތުގައި 6 މައްސަލައެއް ހުށައަޅައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ އެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން 57 މައްސަލަ ހުށަހަޅައިފައި ވަނީ މަައްސަލަ ހުށައަޅާ ފޯމް މެދުވެރިކޮށް ކަމަށެވެ. އަދި 27 މައްސަލަ ހުށަހަޅައިފައި ވަނީ ބަދަލު ހޯދުމަށް ހުށައަޅާ ފޯމް މެދުވެރިކޮށެވެ.

އިންތިގާލީ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ގިނަ އަދަދަކަށް ރަށްރަށުން ފޮނުވައިފައިވާ މައްސަލަަތައް ހިމެނޭ އިރު އެފަދަ މައްސަލަތަކުގައި ހެކި ހޯދުމާއި ބަޔާން ނެގުމަށް އެ ރަށްތަކަށް އެ އޮފީހުގެ ޓީމުން ގޮސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ޔާމީން ދެއްވިއެވެ. ހަމަ އެހެންމެ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންގެ މައްސަލަތަކުގައި އެ ގައުމަށް ދަތުރުކޮށްގެން މައްސަލައާ ގުޅުންހުރި ކަންކަން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފައި ވަނީ 13 ޖޫން 2021އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!