Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ޗެނަލް 13އިން ދެއްކި ޕްރޮގްރާމްއެއްގެ މައްސަލަ ބްރޯޑްކޮމްއަށް

ޗެނަލް 13އިން ދެއްކި ޕްރޮގްރާމްއެއްގެ މައްސަލަ ބްރޯޑްކޮމްއަށް

ރޭ ޗެނަލް 13އިން ދެއްކި ޕްރޮގްރާމެއްގެ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

އޮންލައިން މީޑިޔާ ސީއެންއެމްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޭ ޗެނަލް 13އިން ގެނައި ޕްރޮގްރާމެއްގައި ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްއާ ގުޅޭ ގޮތުން ދެކެވުނު ވާހަކައެއްގެ މައްސަލަ މިހާރު ބްރޯޑްކޮމްއިން އަންނަނީ ބަލަމުންނެވެ.

ރޭ ޗެނަލް 13އިން ގެނެސްދިން ޓޯކްޝޯއެއްގެ ޕްރެޒެންޓަރެއް ވަނީ ޕީޖީ ޝަމީމްއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ވާހަކަދައްކައިފައެވެ. އަދި މި ޕްރޮގްރާމްގެ މަންޒަރެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

Advertisement
Ooredoo — Truecaller (box)

މީޑިޔާތަކުން ގެނެސްދޭ ބައެއް ކޮންޓެންޓުތަކުގެ މައްސަލަތައް މީގެ ކުރިން ވެސް ބްރޯޑްކޮމްއިން ވަނީ ބަލައިފައެވެ. އަދި ބައެއްް މީޑިޔާތަކާ މެދު ވަނީ ފިޔަވަޅު ވެސް އަޅައިފައެވެ. އަދި ގަވާއިދަށް ނުފެތޭ ކޮންޓެންޓްތައް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން މީގެ ކުރިން ބައެއް މީޑިޔާތައް ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ.

ރޭ ޗެނަލް 13އިން ދެއްކި ޕްރޮގްރާމެއްގެ މައްސަލަ ބްރޯޑްކޮމްއިން ބަލަމުންދާއިރު ޗެނަލް 13އާ ގުޅޭ މައްސަލަތައް މީގެ ކުރިން ވެސް ބްރޯޑްކޮމްއިން ވަނީ ބަލައިފައެވެ. އަދި ބައެއް މައްސަަލަތަކުގައި އެ ޗެނަލާ ދެކޮޅަށް ފިޔަވަޅު އަޅައިފައި ވެސް ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް