ޚަބަރު ސަރުކާރު

ސްޓެލްކޯއާ ބިން ހަވާލު ކުރުމަށް ސިޓީ ކައުންސިލަށް އަންގައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ސްޓެލްކޯއަށް ދީފައިވާ ވަގުތީ ބިމުގައި ބަހައްޓާފައި ހުރި ބައެއް ތަކެތި ސިޓީ ކައުންސިލުން ނަގާފައި/ ދެން އިމޭޖްސް

އިންޓަރ ކަނެކްޝަންގެ މަސައްކަތްތަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އަށް, މާލޭ އިންޑަސްޓްރިއަލް ވިލެޖުން ދީފައިވާ ބިމެއް މާލޭ ސިޓީ ކައުންސިލުން ހުސްކުރި ނަމަވެސް، މާލޭ އިންޑަސްޓްރިއަލް ވިލެޖަކީ މާލެ ސިޓީ ކައުންސިލުގެ އިޚްތިޞާސްގެ ދަށުގައި އޮތް ބިމެއް ނޫން ކަމަށާއި އެ ބިން އަބުރާ ސްޓެލްކޯއާއި ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފިއެވެ.

Ads by Hajj Corporation

ސިޓީ ކައުންސިލަށް މިގޮތަށް އަންގައިފައި ވަނީ މިއަދު ސްޓެލްކޯއިން މިމައްސަލައިގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައި ވަނިކޮށެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ސްޓެލްކޯއިން މާލޭގެ ބެކަޕް ޕަވަރު ހައުސް ޕްލާންޓެއް އެޅުމަށް ޓަކައި އެ ކުންފުންޏަށް ދީފައިވާ ގާތްގަނޑަކަށް 21،000 އަކަފޫޓުގެ އެ ބިމުގައި ސްޓެލްކޯއިން ވަނީ އިތުރު ޕްލޭންތަކެއް ވެސް ކޮށްފައިކަމަށް ސްޓެލްކޯގެ އޮފިޝަލަކު މިކަމާ ގުޅޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާާޅުވިއެވެ. މި ބިމަކީ 2016ވަނަ އަހަރު އެ ކުންފުންޏަށް ދީފައިވާ ބިމެކެވެ.

އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަލް ކަމާލުއްދީން ސޮއި ކުރައްވައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވާފައިވާކަން ވަނީ އެނގިފައެވެ. މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ބިމެއް ނޫން ކަމަށާއި، އެ ބިމަކީ ސްޓެލްކޯގެ ބޭނުމަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ބިމެއް ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި އެތަނުން ނަގައިފައިވާ ތަކެތި އަނބުރާ ސްޓެލްކޯއަށް ދިނުމަށް ވަނީ ސިޓީގައި ލަފާ ދީފައެވެ.

ސްޓެލްކޯގެ އޮފިޝަލު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސިޓީ ކައުންސިލުން ވަނީ ސްޓެލްކޯއަށް އެންގުމެއް ނެތި، އެތަނަށް ގޮސް އެތަނުގައި ޖަހައިފައި ހުރި ހުރިހާ ދަގަނޑެއް ކީހައިލައިފައިވާ ކަމަށާއި ދަގަނޑުތަކާ އެކު ފެންސް ވެސް ނައްޓައިލައިފައިވާ ކަމަށެެވެ. އަދި އެކަން ކަން ކޮށްފައި ވަނީ ސްޓެލްކޯއަށް ނާންގައޮ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯގެ ތަކެތި އެ ގޮތަށް ބޭނުން ކުރުމުން އެހެން ބައެއް ތަކެތި ގެއްލިފައި ވެސް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ގޮތުން ސީސީޓީވީ ޖަހަން ވެގެން ހަދައިފައި ހުރި އިންފްރާސްޓްރަކްޗަރ އެއްޗެހިތައް ގެއްލިފައި ވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ައަހާ

    ގައުމުއެއްކޮށްސްޓެލްކޯއަށްދޭންވީނު