މަޝްހޫރު ސީރީސް "މަނީ ހައިސްޓް" ސީޒަން 5 ސެޕްޓެމްބަރު 3ގައި

މަޝްހޫރު ސީރީސް މަނީ ހައިސްޓްގެ ސީޒަން ފަހެއް ސެޕްޓެމްބަރު މަހުގެ 3ވަނަ ދުވަހު ނެރުމަށް ތައްޔާރުވެއްޖެއެވެ.
2017ވަނަ އަހަރު ނެރުނު މި ސީރީސް ވެގެން ދިޔައީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒްއަކަށެވެ. މިހާރު އެންމެ ގިނަ މީހުން ބަލަމުންދާ ސީރީޒްތަކުގެ ލިސްޓުގައި މަނީ ހައިސްޓް ހިމެނެއެވެ.
މަނީ ހައިސްޓް ސީޒަން ފަހެއްގެ އޮފިޝަލް ޓްރެއިލާ ދައްކާލާފައިވާއިރު ގިނަ ބަޔަކު މިހާރު ދަނީ އައު ސީޒަނަށްށް އިންތިޒާރުކުރަމުންނެވެ. ބޭންކް އޮފް ސްޕައިންގައި ހިންގާ ދުނިޔޭގެ އެންމެ ބޮޑު ވައްކަމެއް ދައްކުވައިދޭ މި ސީރީޒުން ޕްރޮފެސާ ނަމަކަށް ކިޔާ މީހަކު ލީޑްކޮށްގެން ޓީމެއް ބިނާކޮށް ބޮޑު ވައްކަމެއް ކުރަން ތައްޔާރުވާ މަންޒަރުތައް ދައްކުވައިދެއެވެ.
ސީޒަން ހަތަރެއް ނިންމައިލައިފައި ވަނީ ނައިރޯބީގެ މަރާއެކުގައެވެ. އަދި ޕްރޮފެސަރގެ ލޯބިވެރިޔާ, ކުރީގެ އިންސްޕެކްޓަރ ރިކޭލް ވަނީ ހައިސްޓާ ގުޅިފައެވެ. ސީޒަން 4 ނިންމައިލަމުން ބުނެފައި ވަނީ ސީޒަން 5ގައި ފެނިގެން ދާނީ ހަނގުރާމައެއް ކަމަށެވެ.