Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ކުރަން ޖެހުނު ކަމެއް ކުރާނަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ކުރަން ޖެހުނު ކަމެއް ކުރާނަން: ރައީސް
ވެރިކަމުގައި ހުންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ އުދަނގޫ ކަމެއް ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ފެނިގެން ގޮސްފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމުން ދިމާވި މައްސަލަތައް ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮވެ، ވެރިކަން ކުރަން ފުރުސަތު ލިބިފައިވުމުން، މަޖިލީހުގެ މެޖޯރިޓީ ދޫކުރައްވަން ބޭނުން ނުވާ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި މެޖޯރިޓީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވިއެވެ.
”ވެރިކަމުގައި ހުންނަ އިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިންމު އެއްޗެއް. މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އަޅުގަނޑު ވެރިކަމުގައި ހުންނަ އިރު މަޖިލީހުގެ މެޖޯރިޓީ ހޯދަން ބޭނުން. އެކަން އަޅުގަނޑު ކުރާނަން. މިއަދު އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި. އެހެންވީމަ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި މެޖޯރިޓީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ރައީސް ނަޝީދާ ސިޔާސީ ގޮތުން އަބަދުވެސް ޚިޔާލު ތަފާތުވާ ކަމަށެވެ. ޚާއްސަކޮށް އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ވެސް ނިންމަވާ ނިންމުންތަކުގައި ދެ ބޭފުޅުންގެ ޚިޔާލު ތަފާތު ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ރައީސް ނަޝީދު ނިންމަވާ ނިންމުންތަކާ ގުޅިގެން އެ ކަންކަމަށް ޚިޔާލު ދިނުމުން ރައީސް ނަޝީދު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެ މަނިކުފާނު މަސައްކަތް ކުރައްވާނީ ޤައުމުގެ ރައީސްގެ ހައިސިއްޔަތު އެންމެ މަސްލަހަތު ހުރިގޮތަކަށް ބަލައި ވަށައިގެން ހުރި ކަންކަމަށް ރިޢާޔަތް ކުރުމަށް ފަހު ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް