Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

އަޅުގަނޑަކީ އެމްޑީޕީ މީހެއް، ދެމިހުންނާނީ ވެސް އެމްޑީޕީގައި: ރައީސް

އަޅުގަނޑަކީ އެމްޑީޕީ މީހެއް، ދެމިހުންނާނީ ވެސް އެމްޑީޕީގައި: ރައީސް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއަކީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި އަދި ކުރިއަށް އޮތްތާ އެމަނިކުފާނު ދެމިހުންނަވާނީ ވެސް އެމްޑީޕީގައިކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނަކީ އަދާލަތު ޕާޓީގެ މެމްބަރެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށް އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ދެއްކެވި ވާހަކައާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއްކަމަށާއި މިއަދު ވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއް ، މިއަދު ވެސް މިހުރީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އެމްޑީޕީ އުފެއްދުމަށް ސޮއިކުރި ފުރަތަަމަ 40 މީހުން ތެރެއިން ދެވަނައަށް ސޮއިކުރީ ވެސް އަޅުގަނޑު. އަދި އޭގެ ކުރިން އުފައްދަން އުޅުނު ޕާޓީ 42 މީހުން ސޮއިކުރި ލިސްޓުގައި ވެސް އަޅުގަނޑުގެ ނަން އޮންނާނެ" ރައީސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގައި ވޯޓް ދިން 3 މެމްބަރުންގެ ތެރޭގައި އެ މަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު ދެމި ހުންނަވާނީ ވެސް އެމްޑީޕީގައި ކަމަށެވެ.

"އަދި ސިޔާސީ ޕާޓީ އުފައްދަން މަޖިލީހުގެ ތެރޭގައި ވޯޓް ދިން 3 މީހުންގެ ތެރޭގައި ވެސް އަޅުގަނޑު ހިމެނޭނެ. އެހެންވީމަ އަޅުގަނޑުގެ ސިޔާސީ މަސައްކަތް ފެށިގެން މި ދިޔައީ އެމްޑީޕީގައި އަޅުގަނޑު ދެމިހުންނާނީ ވެސް އިރާދަ ކުރެއްވިއްޔާ އެމްޑީޕީގައި" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހަކީ އަދާލަތު ޕާޓީގެ މެންބަރެއްތޯ ސުވާލު އުފެދޭ ގޮތަށް ޓީވީ ޗެނަލްއެއްގައި ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފު ދެއްކެވި ވާހަކައެއްގެ ސަބަބުން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ރައީސް އެންގެވިކަމަށް ހަސަން އަފީފް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް