ދައުލަތުގެ މުދަލާއި ސަރުކާރުގެ ކުންފުނިތަކުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުން: ޣައްސާން

ދައުލަތުގެ މުދަލާއި ސަރުކާރުގެ ކުންފުނިތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޖޮވިންޓް ވެންޗާ (ޖޭވީ) ހަދަން މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ހާލަތު ގޯސްވީ މި ހާލަތުގައި ކުރަން ހެޔޮނުވާވަރުގެ ބޮޑެތި ހަރަދުތައް ކުރުމުގެ ސަބަބުން ކަމަށެވެ.
"މިހާލަތުގައި ކުރަން ހެޔޮ ނުވާވަރު ބޮޑެތި ޚަރަދުތައްކޮށް އެކަން ފޫބެއްދުމަށް ވަގުތީ ފައިސާ ކޮޅަކަށް ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި މުދާ ވިއްކައި ނުލުމަށް އިލްތިމާސް ކުރަން" ޣައްސާން ވިދާޅުވިއެވެ.
https://twitter.com/mgmaumoon/status/1425760614140375040?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1425760614140375040%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Favas.mv%2F105031
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޤައުމީ އެއާލައިން "މޯލްޑިވިއަން" ހިންގުމަށް ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ މޯލްޑިވިއަން ބަނގުރޫޓު ވިޔަނުދޭނެ ކަމަށާއި ކުންފުނި ހިންގުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.
"ގައުމީ އެއާލައިން ރަނގަޅު ކުރުމަށް ޓަކައި ބޭރުގެ ފަރާތްތަކާ ވެސް އަޅުގަނޑުމެން ވާހަކަދައްކަމުން އެބަ ގެންދަން، ޖޮއިންޓް ވެންޗާ ހަދަން. ކޮންމެއަކަސް ރާއްޖޭގައި ގައުމީ އެއާލައިނެއް އޮންނަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން،" އިއްޔެގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ މޯލްޑިވިއަންގެ ސަބަބުން ނުސީދާ ގޮތުން ލިބޭ އެތައް ފައިދާތަކެއް ހުރި ކަމަށެވެ. އެ ގޮތުން ސަރުކާރުން ސަބްސިޑައިޒްކޮށްގެން ވެސް މޯލްޑިވިއަންގެ ދަތުރުފަތުރުގެ ޚިދުމަތް ކުރިޔަށް ގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.







ކޮމެންޓް