Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

މިއަހަރުގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށަނީ

މިއަހަރުގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ޖަލްސާގެ އެޖެންޑާ ވެސް މިހާރު ވަނީ އާއްމުކޮށްފައެވެ. އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް މީހަކު ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފައިވާ ނަންފުޅުތައް އިއްވުމަށް ވެސް މާދަމާގެ އެޖެންޑާގައި ހިމެނިފައި ވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފައިވާ ނަންފުޅުތައް ވެސް އިއްވާނެއެވެ. މި ދެކޮމިޝަނަށް ހުށަހަޅާ ނަންތައް އިއްވުމަށް ފަހު ކަމާ ގުޅޭ ކޮމެޓީތަކަށް ފޮނުވާނެއެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވައިފައިވާ، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލުގެ ބަހުސް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވައިފައިވާ، ޤާނޫނު ނަންބަރު 4193 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް މަޖިލީހުން ވިދާޅުވެއެވެ.

Advertisement
Ooredoo — Truecaller (box)

މާދަމާ ފަށާ މަޖިލީހުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްވެސް ޕްލެޓްފޯމެއް މެދުވެރިކޮށް ބައިވެރިވެވަޑައެއްނުގަންނަވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް