Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ ހުއްދައަކަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެ

މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ ހުއްދައަކަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެ

ވެރި ރަށް މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ ހުއްދައަކަށް މާލޭ ސިޓީ ކައުންސިލުން މިއަދު އެދިއްޖެއެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން ކުރިޔަށްގެންދާ މާލޭގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރުގެ ބައެއް މަގުތަކާއި ގޯޅިތައް ހަދަން މިއަދު ފަށާނެ ކަމަށެވެ.

"އަދި ތާރު އަޅައިގެން މާލޭގެ ބޮޑެތި ހުރިހާ މަގެއް ހެދުމުގެ ހުއްދައަށް ސަރުކާރުގައި ވާނީ އެދިފައި." މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/MMuizzu/status/1427504878318878725?s=20

ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ އެ ހުއްދަ ވީހާ ވެސް އަވަހަކަށް ލިބިގެންދިޔުން ކަމަށެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީއީ)ގެ ފަރާތުން ވަނީ ‏މާލެ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ދަށުން މުނިޔާ މަގު ބްލޮކް 4ގެ މަސައްކަތްތައް އިއްޔެ ނިންމައި އެ މަގު އާންމުންނަށް ހުޅުވައިލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް