އިޖުތިމާޢީ

ފަތުރުވެރިއެއްގެ ލަގެޖުން ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ދޫކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޫއްޑޫ އެއާޕޯޓަށް ދިޔަ ފަތުރުވެރިއެއްގެ ލަގެޖުން 20،000އަށް ވުރެ ގިނަ ޔޫރޯ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ އޮގަސްޓު 15 ވަނަ ދުވަހު ހުށަހަޅައިިފައިވާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެ މީހުންގެ ތެރެއިން އުމުރުން 31 އަހަރު މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޖަހައިފައިވާ ކަމަށާއި އަނެއް ތިން މީހުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ އެއާޕޯޓުގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ ސްޓޭޝަން މެނޭޖަރު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ހައްޔަރު ކޮށްފައި ވަނީ އެ ފަތުރުވެރިޔާ ހުރި ރިސޯޓުގެ ދެ މުވައްޒަފަކާއި ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފެކެވެ.

ވައްކަމުގެ މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ކުރި މަސައްކަތުން 10،000 ޔޫރޯ ހޯދައި، ވެރި ފަރާތާ ހަވާލު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!