Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

ޖޭޕީގެ ފަރާތުން 241 ކޮމިޓީއަށް އަލީ ހުސެއިން

ޖޭޕީގެ ފަރާތުން 241 ކޮމިޓީއަށް އަލީ ހުސެއިން
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ތަމްސީލު ކުރައްވާ މެމްބަރެއްގައި ގޮތުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހަމަޖައްސަވައިފިއެވެ. އަލީ ހުސެއިން 241 ކޮމިޓީއަށް ހަމަޖެއްސީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އިންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒުގެ ބަދަލުގައެވެ.

ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެފައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. ކޮމެޓީއަށް މި ބަދަލު އައިސްފައިވާކަން މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދު އިއުލާން ކުރައްވައިފައެވެ. ކޮމެޓީއަށް މިބަދަލު އައީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ފެށުނުއިރު، ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންފައިވާކަން މަޖިލިސް އިދާރާއަށް އަންގައިފައިވުމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް