ޚަބަރު ސަރުކާރު

ވޭމަންޑޫ ސްކޫލުގެ ޙާލަތު ރައީސް ބައްލަވައިލައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ތ. ވޭމަންޑޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށާއި ވޭމަންޑޫ ސްކޫލަށް ޒިޔާރަތްކުރައްވައިފިއެވެ.

Ads by MWSC

މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކޮށްލައްވާ ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައިފައެވެ. މި ސެންޓަރުަގައި މިވަގުތު 16 އަހަރާއި 17 އަހަރާ ދެމެދުގެ 6 ކުދިން ތިބެއެވެ. މި ސެންޓަރަކީ މުޖުތަމަޢުގައި ނާޒުކު ޙާލަތުގައި ތިބި މީހުންނަށް އަޅައިލައި، އެހީތެރިވުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.

ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަތީ ވޭމަންޑޫ ސްކޫލަށެވެ. އެމަނިކުފާނު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ސްކޫލް ކުދިންނާއި ސްކޫލްގެ އިސްވެރިންނާއި ޓީޗަރުންނާ ބައްދަލުކުރައްވައި ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ތަނުގެ ޙާލަތު ބައްލަވައިލެއްވިއެވެ.

ވޭމަންޑޫ ސްކޫލަކީ މިހާރު ވެސް 355 ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ. ގްރޭޑް 1-12އަށް ކިޔަވައިދެމުންދާ މި ސްކޫލްގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރަމުންދާއިރު، ތަޢުލީމީ ދާއިރާ ކުރިއެރުވުމަކީ މިސަރުކާރުން އެންމެ އިސްކަންދޭ އެއް ރިޔާސީ ވަޢުދެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!