Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

ރަސްފަރީ ފަރަށް އާގު ބޯޓެއް އަރައިފި

ރަސްފަރީ ފަރަށް އާގު ބޯޓެއް އަރައިފި

ކ. ރަސްފަރީ ފަރަށް އާގު ބޯޓެއް އަރައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 12:48ގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އާގު ބޯޓު ފަރަށް އެރީ ރަސްފަރީގެ ހުޅަނގު ފަރާތުގެ ފަރަށް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރަސްފަރީގެ ފަރަށް އާގު ބޯޓެއް އެރުމާ އެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ ފަރަށް އަރައިފައިވާ ބޯޓަކީ ޕެނަމާއަށް ނިސްބަތްވާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓަކީ 190 މީޓަރު ދިގުމިނުގައި ހުރި ކާގޯ ބޯޓެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރަސްފަރީއަކީ ޓެލެކޮމިއުނިކޭޝަންސްގެ މަސައްކަތް ކުރާ ރަށެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް