ސަރުކާރު

ލާދީނީ އަދި ހަރުކަށި ފިކުރުގެ ޢަމަލުތައް ހުއްޓުވުމާ ބެހޭގޮތުން މަޝްވަރާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލާދީނީ ކަންކަމާއި ހަރުކަށި ފިކުރާއި ހުއްދަ ނޫން ވިޔަފާރިތަކާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭ ގޮތުން، ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިން މިއަދު މަޝްވަރާ ކޮށްފިއެވެ.

Ads by Hajj Corporation

މިކަމާ ގުޅޭގޮތުން މިއަދު މެންދުރު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭފުޅުންގެ އެ ބައްދަލުވުމުގައި ލާދީނީ ފިކުރުތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކާ މެދު މަޝްވަރާ ކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، އެ ބައްދަލުވުމުގައި އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތަކާއި އިސްލާމީ އަހުލާގީ މިންގަނޑުން ބޭރު އަމަލުތަކާއި އިސްލާމީ ޝަރީއަތް ހުއްދަނުކުރާ ވިޔަފާރިތައް މުޖުތަމައުގައި އާއްމުވަމުންދާތީ އެ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް އެކަންކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެެވެ. އަދި ގާނޫނީ ބާރު ލިބިގެން އެފަދަ މައްސަލަތައް ހައްލުކުރުމާއި އިދާރާތަކުގެ އިސްވެރިންނާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!